މިހާރު ގަތަރުގައި ކުރިއަށްދާ ފީފީ ވޯލްޑްކަޕްފެ ދެ ވަނަ ބުރުގައި ބްރެޒިލް އާއި ސައުތު ކެރެއާ ބައްދަލުކުރި މެޗުގައި ސައުތު ކޮރެއާ ކޮޅަށް ގޯލި ޖެހި ކޮންމެ ފަހަރަކު އުފާ ފާޅުކުރުމުގެ ގޮތުން ބްރެޒިލްގެ ކުޅުންތެރިން "ސަމްބާ ޑާންސް" އަށް ނަށާތަން ފެނިގެންދިޔަ އެވެ. އަދި މެޗު ނިމުނު ފަހުން، ބްރެޒިލްގެ ކުޅުންތެރިން ސަޕޯޓަރުން ކައިރިއަށް ގޮސް އެމީހުންގެ އަމިއްލަ ލަވައަކަށް ނެށި މަންޒަރު ފެނުނެވެ.

ބްރެޒިލް އިން މެޗުގައި ކޮންމެ ލަނޑެއް ޖެހުމާ އެކު ހެން، ކުޅުންތެރިން މި ނެށުމުގައި ބައިވެރިވި އެވެ. އަދި ރިޗާލިސަންގެ ލަނޑަށް ފަހު ބްރެޒިލްގެ ކޯޗު ޓިޓޭ މި ނެށުމުގައި ވަނީ ބައިވެރިވެފަ އެވެ. މިކަން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފަ އެވެ. ބައެއް ފަރާތްކުން ބްރެޒިލް ޓީމަށް ތައުރީފުކުރާއިރު އަނެއް ބަޔަކު އަންނަނީ މިކަމަކީ އިދިކޮޅު ޓީމަށް ކުރެވޭ މަލާމާތެއް ކަމަށް ބުނަމުންނެވެ.

ބްރެޖިލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ކީނު ބުނީ ބަލަން އިނދެވުނީ ފުޓްބޯޅަ މެޗެއް ކަމެއް ނުވަތަ ނެށުމުގެ ޝޯއެއް ކަމެއް ހަނދާން ނެތުނު ކަމަށެވެ.

ކީން ބުނީ ފުރަތަމަ ލަނޑެއް ޖެހުމުން ގޮސް ދެތިން ކުޅުންތެރިން ނަގާ ހަދާލުމަކުން މައްސަލައެއް ނެތް ކަމަށާ، އެހެން ނަމަވެސް ކޮންމެ ލަނޑަކަށް ފަހު އެގޮތަށް ކަންތައް ކުރުމަކީ އިދިކޮޅު ޓީމަށް ކުޑައިމީސް ކުރުން ކަމަށެވެ. އަދި މިއީ ބްރެޒިލް ފުޓްބޯޅައިގެ އާދަކާދަ ނަމަވެސް އިދިކޮޅު ޓީމާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓޯކް ސްޕޯޓް ޝޯގައި ވާހަކަ ދެއްކި ކުރީގެ ޗެލްސީ ކުޅުންތެރިޔާ ޖޭސަން ކުންޑީ ބުނީ ސައުތް ކޮރެއާ ކޮޅަށް ލަނޑު ޖަހާފައި ބްރެޒިލް ކުޅުންތެރިން ނެށުމަކީ ވޯލްޑްކަޕް މުބާރާތަކުން ފެނުނު އެންމެ ލަދުވެތި މަންޒަރު ކަމަށެވެ.

ބްރެޖިލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ރޮއީ ކީންގެ މި ވާހަކަތަކާ ގުޅިގެން ބްރެޒިލްގެ މީޑިއާތަކާއި ސަޕޯޓަރުން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަށް ފާޑު ކިޔަން ފަށައިފަ އެވެ.

ބްރެޒިލްގެ ކުލަބެއް ކަމަށް ބޮޓާފޯގޯގެ ކޯޗު ލުއިސް ކާސްޓްރޯ ބުނީ ކީން އަށް ބްރެޒިލްގެ ސަގާފަތް ނޭނގޭނެ ކަމަށެވެ. އަދި ކީން އަށް ބްރެޒިލްގެ ޓީމު ވެސް ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް މެޗަށް ފަހު ވާހަކަ ދައްކަމުން ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ މިއީ އަނެއް ޓީމަށް ކުޑައިމީސް ކުރަން ކުރި ކަމެއް ނޫން ކަމަށެވެ. ކުޅުންތެރިންގެ ނެށުމުގެ ހަމައެކަނި މާނައަކީ އުފާވެރިކަން ކަމަށާ، ޓީމުގެ ކުޅުމާ މެދު ކުޅުންތެރިން ހިތްހަމަޖެހޭ ކަން ދެއްކުމަށް ނެށި ނެށުންތަކެއް ކަމަށެވެ.

ބްރެޖިލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ރޮއީ ކީންގެ މި ވާހަކަތަކާ ގުޅިގެން ބްރެޒިލްގެ މީޑިއާތަކާއި ސަޕޯޓަރުން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަށް ފާޑު ކިޔަން ފަށައިފައެވެ.

ބްރެޒިލް އަކީ އަބަދުވެސް ލަނޑު ޖެހުމަށް ފަހު ތަފާތު ގޮތް ގޮތަށް އުފާ ފާޅުކުރާ ޓީމެކެވެ. އެގައުމުގެ އާދަކާދަ ތަކާއި ސަގާފަތް ބައެއް ފަހަރު ކުޅުންތެރިންގެ ހަރަކާތް ތަކުން ފެންނަ އިރު ފަހަކަށް އައިސް އެހެން ޓީމުތަކުން މިފަދަ ގޮތް ގޮތަށް އުފާ ފާޅުކުރާތަން ފެނެ އެވެ.

ބްރެޖިލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ