އިނގިރޭސިވިލާތުގެ ޒުވާނަކު ރާއްޖޭގައި އިސްލާމް ދީން ގަބޫލުކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ޒުވާނެއް ކަމަށްވާ ރޮބާޓް ކަލެބް ސްޓްރޭން އިސްލާމްދީން ގަބޫލުކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ އޭނާއާ ސެޓްފިކެޓެއް ހަވާލުކޮށްފަ އެވެ.
އެ ސެޓްފިކެޓުން އެނގޭ ގޮތުގައި އުމުރުން 25 އަހަރުގެ ރޮބާޓް އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.
އެ ސެޓްފިކެޓްގައި ވަނީ އިސްލާމް ދީން ގަބޫލުކޮށް، އިސްލާމްވުމުގެ ގޮތުން ޝަހާދަތް ކިޔައި އިސްލާމް ދީން ރޮބާޓް ކަލެބް ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތުގެ ދެ ކަލިމަ ކިޔައި ހިތުން އެކަން ގަބޫލުކުރީ ދެ މީހެއްގެ ކުރިމަތީގައި ކަމަށް ދެ ސެޓްފިކެޓްގައިވެ އެވެ.
ރޮބާޓް ކަލެބް އިސްލާމް ވުމަށް ފަހު އޭނާގެ ނަން ވަނީ އުމަރުއަށް ބަދަލުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އިސްލާމްވި ޒުވާނާއާ ބައްދަލުކުރަށްވާ މަރުހަބާ ވިދާޅުވެފަ އެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް އެހެން ގައުމުތަކުގެ މީހުން އިސްލާމްވެ އެވެ.