މިދިޔަ ހޯމަ ދުވަހު ދ. ރިނބުދޫން ފެނުނު ބޮލި ވަޅުގައި 80،000 އަށް ވުރެ ގިނަ ބޮލި ހުރި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ބޮލިވަޅު ފެނިފައި ވަނީ އެ ރަށު ސިއްހީ މަރުކަޒުގެ އިރުމަތި ފަރާތުން، ފެނާއި ނަރުދަމާ ހޮޅި ވަޅުލުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެރަށުން ފެނުނު ބޮލިތައް ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެރަށު ކައުންސިލްގެ ރައީސް އަހްމަދު އިގްބާލް އަބްދުލްގައްޔޫމް ވިދާޅުވީ އެ ބޮލިތައް ފެނިފައިވާކަން ހެރިޓޭޖް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލުން އެ ބޮލިތައް ދޮވެ ސާފު ކުރުމަށް ފަހު މިއަދު ގުނާ ނިންމާލާފައިވާ ކަމަށެވެ. އަދި ގުނިއިރު ޖުމުލަ 84،919 ބޮލި ހުރި ކަމަށް އިގްބާލް ވިދާޅުވި އެވެ.
ދިވެހި ބޮއްޔަކީ ސަތާރަ ވަނަ ގަރުނުގައި އޭޝިއާ ބައްރުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައި އެއްޗެކެވެ. މީލާދީން 1،248، ހިސާބުގައި ރާއްޖެ އަށް ދަތުރުކުރެއްވި އިބުނު ބަތޫތާ، އޭނާގެ ސަފަރު ނާމާގައި ވެސް އެ ވާހަކަ ލިޔުއްވާފައިވެ އެވެ.
ޖަނަވާރަކަށް އަނިޔާ ދީފި ނަމަ 50،000 ރުފިޔާއިން ޖޫރިނަމާ ކުރަނީ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ހޮވުން ހޯމަ ދުވަހުގެ ރޭ
ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ ބަޔަކު ހައްޔަރުކޮށްފި
