މިއަދަކީ ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްގެ ކައިވެނީގެ ފުރަތަމަ އެނިވާސަރީ އެވެ. ވިކީ އާއި ކެޓްރީނާ ވަރަށް ސިއްރުން ކައިވެނިކޮށްފައި ވަނީ މިދޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ކައިވެނީގެ ފުރަތަމަ އެނިވާސަރީ ފާހަގަ ކުރުމަށްޓަކައި ވިކީ އާއި ކެޓްރީނާ މިވަގުތު އަންނަނީ އެކުގައި ޗުއްޓީ ހޭދަކުރަމުންނެވެ.
އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ތަން ހާމަކޮށްފައިނުވާއިރު ކެޓްރީނާ އާއި ވިކީވެސް އަންނަނީ އެމީހުން ޗުއްޓީގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އެގޮތުން ކެޓްރީނާ މި ވަނީ އޭނާގެ އިންސްޓަގްރާމް އަށް ވިކީ ނަގާފައިވާ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.
ކެޓްރީނާ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ކެޓްރީނާ ސީދާ ފޮޓޯއަކަށް ހުއްޓިލައިގެން ހުންނަ ތަނެވެ. އޭނާގެ ބައެއް ފޮޓޯތަކުން ހީލައިގެން ހުންނަތަން ފެނިގެން ދެއެވެ.
ކެޓްރީނާ އެ ފޮޓޯތައް އާއްމުކޮށް ބުނެފައި ވަނީ ފޮޓޯތައް ނަގާފައި ވަނީ ފިރިމީހާ ކަމަށެވެ.
ދޭތެރެ ދޭތެރެއިން އިންސްޓަގްރާމްގައި ކެޓްރީނާ އާއި ވިކީވެސް ފޮޓޯތައް އާއްމު ކުރެއެވެ. ހާއްސަކޮށް އުފާވެރި ވަގުތުތަކުގެ ފޮޓޯތައް ފާހަގަކޮށްލެވެ އެވެ.
އެގޮތުން ދެން ކެޓްރިނާ އެންމެ އަވަހަށް ފެނިގެން ދާނީ ސަލްމާން ޚާނާއި އިމްރާން ހާޝްމީއާ އެކު ފެނިގެންދާ "ޓައިގާ 3" އިންނެވެ.
އޭގެ އިތުރުން، ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓްއާ އެކު ވިޖޭ ސެތުޕަތީ އާއި ފަރްހާން އަޚްތަރުގެ "ޖީ ލޭ ޒާރާ" އާއި ސްރީރާމް ރަގަވަންގެ "މެރީ ކްރިސްމަސް" އިން ވެސް ކެޓްރީނާ ފެނިގެން ދާނެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ސިދާންތު ޗަތުރަވޭދީ އާއި އިޝާން ޚައްތަރުއާ އެކު "ފޯން ބޫތު" އިންނެވެ.