ފަހަކަށް އައިސް ޝޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ނަށައިގެން އާންމުންގެ މަގުބޫލުކަން ހޯދި އާއިޝާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
ޝޯޝަލް މީޑިއާގައި ދައުރުވެ އާންމުވާ އެންމެ އެއްޗެއްގެ ސަބަބުން މީހެއްގެ ދިރިއުޅުން އެއް ދުވަހުގެ ތެރޭގައި އެއްކޮށް ބަދަލުވެގެން ދިއުމަކީ ވުން ގާތް ކަމެކެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކަކީ ޕާކިސްތާނަށް ނިސްބަތްވާ އައިޝާ އެވެ.
އާއިޝާގެ ވީޑިއޯ އާންމުވީ، ކައިވެނީގެ ހަފްލާއެއްގައި ކުރީގެ ހިންދީ ލަވައަކަށް އޭނާ ނަށާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބި އެ ވީޑިއޯ އެތައް ބައެއްގެ މެދުގައި މަގުބޫލުވެފައިވާއިރު، އާއިޝާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ވެސް ފޮލޯކުރާ މީހުންގެ އަދަދު ގިނަވެފައިވެ އެވެ.
ނަމަވެސް މުސްލިން އާއިލާއަކަށް ނިސްބަތްވާ އާއިޝާގެ މި ވީޑިއޯ އާންމުވުމުން އެއްބަޔަކު ތައުރީފު ކުރި ނަމަވެސް ފާޑުކިޔާފައިވާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ.
ހަމައެހެންމެ އާންމުންގެ ތެރޭގައި ނުބައި ގޮތަކުން އިޝްތިހާރު ވުމަކީ މުސްލިމް އަންހެން ކުއްޖަކަށް އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމުގައި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
މިހެން މިކަންވާއިރު، އެ ވީޑިއޯގެ ސަބަބުން އާއިޝާއަށް ވަނީ އެކި ވިޔަފާރިތައް ކުރިއެރުވުމަށް ބްރޭންޑް އެމްބެސެޑަރަކަށް ވުމުގެ ފުރުސަތު ވެސް ލިބެމުންނެވެ.