ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރަށް އަލަތު ދަރިފުޅު ލިބިފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ދާދި ފަހުން އެމީހުންގެ ދަރިފުޅަށް ކީ ނަން، ރަހާ ކަޕޫރު އާންމުންނާއި ހިއްސާކޮށްފައިވާއިރު، އާންމުން ދަނީ އާލިއާ އަދި ރަންބީރު އެދެމަފިރިންނަށް ލިބުނު އަލަތު ދަރިފުޅު އާންމުންނަށް ދައްކާލާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.

ސޯޝަލް މީޑިއާއާ ދުރުގައި އުޅުނު ނަމަވެސް ރަންބީރާއި އާލިއާއަކީ އާންމުން އެދޭ ކަންކަމަށް އިޖާބާދޭ ތަރިންނެވެ. އެގޮތުން ދަރިފުލު ބަލައިލުމަށް އެދޭ ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް އަންނަކަމުގެ އިޝާރާތެއް ވަނީ ލިބިފަ އެވެ.

އާލިއާ އާއި ރަންބީރު، އަދި އާއިލާއިން ބާއްވާ ކްރިސްމަސްގެ ކެއުމުގެ ތެރެއިން އާންމުންނަށް ދަރިފުޅު ދައްކާލާނެކަމަށް އާއިލާއާ ގުޅުން ހުރި ފަރާތަކުން ވަނީ މީޑިއާތަކަށް މައުލޫމާތުދީފަ އެވެ.

އާއިލާ އާއި ރަންބީރު އަންނަނީ މައިންބަފައިންގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އާލިއާ ވަނީ އޭނާގެ ދަރިފުޅު ތަރުބިއްޔަތުކުރާނެ ގޮތާ މެދުގައި ވާހަކަ ދައްކާފަ އެވެ. މިގޮތުން އާލިއާއާއި ރަންބީރު ބުނަނީ އެމީހުން ދަރިފުޅު ބަލަހައްޓާނީ އިތުރު މީހަކާ ހަވާލުނުކޮށް ދެ މީހުން އަމިއްލައަށް ކަމަށެވެ.