އިންޑިއާގެ އެފްކޮންސް ކުންފުނީގެ މަސައްކަތްތެރިން ތިބޭ ގުޅީފަޅު ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ތަނުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެތަން ބަލަމުންދަނިކޮށް އިންސާނެއްގެ ހަށިގަނޑު ކަމުގައި ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ބައިތަކަކީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ތަހުލީލުތައް ހެދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އެފްކޮންސްގެ 80އެއްހާ މަސައްކަތްތެރިން ޒަހަމްވި އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ.
އެ ހާދިސާގައި އެފްކޮންސްގެ މުވައްޒަފުންގެ ތެރެއިން 70 އެތައް މީހަކަށް އެކި ވަރުގެ އަނިޔާވެ އައިޖީއެމްއެޗްއާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ. ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން 4 މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެ ހާދިސާގައި އެކަކު ގެއްލިފައިވާތީ ތިލަފުށީގައި މަސައްކަތްކުރާ އެފްކޮންސް މުވައްޒަފުން އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ.
އެ މުޒާހަރާއަށްފަހު އެ މީހާ ހޯދުމުގެ މަސައްކަތް އިދާރާތަކުން ކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.
މެންބަރުންނަށް އިންޝުއަރެންސް ލިބުން ދަތިވެ، އެލައިޑް މަޖިލީހަށް
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
ސަލްމާންގެ ސިއްހަތާމެދު ދެކެވޭ ވާހަކަތަކަށް ޖަވާބު ދީފި