ވޮޝިންޓަން (18 ޑިސެމްބަރު) - ކޮވިޑާ ދެކޮޅަށް އެމެރިކާގެ މޮޑާނާއިން އުފެއްދި ވެކްސިން ކުއްލި ހާލަތުގައި ބޭނުންކުރަން ހުއްދަ ދީފި އެވެ.

އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ކޮވިޑް ރޯގާއަށް މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން ބޭނުންކުރުމުގައި މައްސަލައެއް ނެތް ކަމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ވެކްސިން އެޑްވައިޒަރީ ބޯޑުންވަނީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.

ނަމަވެސް ވެކްސިން ބޭނުންކުރަން ފެށުމުގެ ކުރިން ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިކަމަށް ހުއްދަ ހޯދަން ޖެހޭނެ އެވެ.

"މަރުހަބާ މޮޑާނާގެ ވެކްސިން. ވަރަށް އަވަހަށް މޮޑާނާގެ ވެކްސިން ފޮނުވަން ފަށާނަން،" ސީޑީސީގެ އިން ބުނެފައިވެ އެވެ.

އެމެރިކާއަކީ ދެ ވެކްސިން ބޭނުންކުރަން ހުއްދަ ދިން ހަމައެކަނި ގައުމެވެ.

ފައިޒާ ވެކްސިން ދޭން ފެށި ކަމުގައި ވީނަމަވެސް އެމެރިކާގައި ކޮވިޑް ރޯގާގައި ހޮސްޕިޓަލުގައި އެޑްމިޑް ކުރާ މީހުންނާއި މަރުވާ މީހުންގެ މިންވަރު ދަނީ ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުންނެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ނިމިދިޔަ ހަފްތާގައި 1.51 މިލިއަން ކޭސް ރިޕޯޓް ކޮށްފައިވެ އެވެ. އަދި ބުރާސްފަތި ދުވަހާ ހަމަޔަށް އެ ހަފްތާގައި 3270 މީހުން މަރުވެފައިވެ އެވެ. - ސީއެންއެން