އިންޑިއާގެ ހައިދަރުއާބާދުގައި 10 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފަސް ފުލުހުން އިއްޔެ އިންޑިއާއަށް ފުރައިފި އެވެ.
ފުލުހުން ބުނީ މިކޯހުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރާފައި ވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް މާހިރު، ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ރިފްޢަތު ހުސައިން، ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އާމިނަތު ޝީޒާ، ސަބް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ރިޟްވާން އަދި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަހްމަދު ޖަލީލް އެވެ.
އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާއިރު މައިގަނޑު ގޮތެއްގައި ކޯސް ބިނާވެގެންވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށް ކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން ފިޒިކަލް ޓްރެއިނިން އާއި ވެޕަން ޓްރެއިނިންގެ އިތުރުން ވެސް މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެ އެވެ.
އޭގެ އިތުރުން ވެސް، ގާނޫނުގެ ބައިތަކާއި ތަހުގީގުކުރުމުގެ ހުނަރުތަކާއި ފޮރެންސިކް މެޑިސިން، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑަޝިޕް ފަދަ ފުލުހުންނާ ގުޅުންހުރި މުހިންމު ބައިތައް ކިޔަވައިދޭނެ އެވެ.
ވިހައިގެން 1 އަހަރު ނުވަނީސް ކިއާރާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
ސްކްރީނަށް ބަލަން އިނދެ އިނދެ ކަރަށް ތަދުވޭތަ؟ ހައްލަކީ ކޮބާ؟
ސިނގިރޭޓުގެ ގެއްލުންތަކުން އަރައިގަންނަން ކިހާ ދުވަހެއް؟