ދުނިޔޭގެ ނަން މަޝްހޫރު އެނިމަލް ވެލްފެއާ އޮގަނައިޒޭޝަނަކުން ދަނީ ކޮންމެ އަހަރަކު ވެސް އެންމެ "ހޮޓް" ދެ ވެޖިޓޭރިއަނުންގެ ނަން ހާމަ ކުރަމުންނެވެ.
މިއަހަރު އެ އޮގަނައިޒޭޝަނުން ހާމަކޮށްފައިވާ ދެ ނަމަކީ ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރާއި ބަތަލް ސޯނޫ ސޫދެވެ.
މި ދެ ތަރިންނަކީ ވެސް މަސް ނުކައި، ސިއްހީ ލައިފްސްޓައިލެއް ގެންގުޅެން މަސައްކަތް ކުރާ ދެ ތަރިންނެވެ.
މި ޕެންޑެމިކްގެ ތެރޭގައި ސޯނޫ ސޫދު ފާހަގަވެގެން ދިޔައީ އިންސާނިއްޔަތަށް ގިނަ ހިދުމަތްތަކެއް ކޮށްދިން މީހެއްގެ ގޮތުގަ އެވެ.
ޝްރައްދާ ކަޕޫރު ވެސް މަސް ކެއުން ހުއްޓާލިތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އޭނާ ދަނީ ތަރުކާރީ އާއި މޭވާ ހިމެނޭ ސިއްހަތަށް ރަނގަޅު ޑައިޓެއް ފޮލޯ ކުރަމުންނެވެ.
އެންޑްކްރިނޮލޮޖީގެ ހިދުމަތް ޓްރީޓޮޕްގެ މާލޭ ކްލިނިކުން
އެއް ދުވަހު މަރުވި 2 ގައިދީންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ބޭރަށް
ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
