ހިލޭ ސެންޓު ފުޅިއަކާއި އަގުބޮޑެތި އިނާމް ތަކެއް ލިބޭ ލެޕާފިއުމްގެ "އިއާ އެންޑް ޕްރޮމޯ" ފަށައިފި އެވެ.

ލެޕާފިއުމް އިން ބުނީ މިމަހުގެ 12 ވަނަ ދުވަހު ފެށި އިއާ އެންޑް ޕްރޮމޯ ޖެނުއަރީ 15 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

މިއަހަރުގެ ޕްރޮމޯގެ އެއްވަނަ އިނާމަކަށް އައިފޯން 12 އެއް ލިބޭއިރު، ދެވަނަ އިނާމަކަށް 10،000ރ. ގެ އަގުހުރި ސެންޓު ލިބޭނެވެ. އަދި ތިން ވަނަ އިނާމަކަށް 5،000ރ ގެ އަގުހުރި ސެންޓުް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެެވެ.

ލެޕާފިއުމް އިން ބުނީ އެ ފިހާރާއިން ކުރާ ކޮންމެ 1،000ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. މީގެއިތުރުން ވެސް ފަސް ހާސް ރުފިޔާގެ ވިޔަފާރި ކުރުމުން ވަގުތުން އިނާމް ލިބޭ "ޕިކް އަ ބޯލް އެންޑް ވިން" ގައި ބައިވެރިވެވޭނެ އެވެ. އެގޮތުން ލިބޭ އިނާމު ތަކުގެ ތެރޭގައި އެ ފިހާރައިން ވިއްކާ ސެންޓާއި ބްލެކް އަޕް މޭކަޕްގެ އިތުރުން ބްލެކްއަޕް ހެއާ ލައިންގައި ހިމެނޭ ޕްރޮޑަކްޓެއް ހިލޭ ލިބިގެން ދާނެ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ސެންޓު ވިއްކާ ލެ ޕާފިއުމްގެ ފިހާރަ

މީގެ އިތުރުން ވެސް ދިހަ ހާސް ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ހިލޭ ސެންޓު ފުޅި އެއްވެސް ލިބިގެން ދާނެ ކަމަށް ލެޕާފިއުމް ބުންޏެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލަގްޒަރީ ސެންޓްގު ވިޔަފާރި ކުރަމުން އަންނަ ލެޕާފިއުން ވަނީ ބްލެކް އަޕް ބްރޭންޑްގެ މޭކަޕާއި އެ ބްރޭންޑްގެ ހެއާ ކެއާ ވެސް ރާއްޖޭގެނެސްފަ އެވެ. އަދި ލަގްޒަރީ ބްރޭންޑް އެއިޓް އެންޑް ބޮބް ސެންޓު ވެސް އެ ފިހާރާއިން އަންނަނީ ވިއްކަމުން ނެވެ.