ކްރިސްމަސް ދުވަހާ ގުޅިގެން މާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނީ އެކި ގައުމުތަކުގައި މި އަހަރުގެ ކްރިސްމަސް ދުވަސް ޣައިރު މުސްލިމުން ފާހަގަކުރި ކަމުގައިވީނަމަވެސް، ކްރިސްމަސް ދުވަހާ ގުޅިގެން އެފަދަ އެއްވެސް ހަރަކާތެއް މާލޭ ސަރަހައްދުގައި ހިންގުމަކީ އެ ކައުންސިލުން ހިތްވަރުދީ ކަމެއް ނޫން ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އިތުރަށް ބުނީ އެފަދަ އަމަލުތައް މާލޭ ސިޓީގައި ހިންގުމަށް އެ ކައުންސިލުން ހުއްދަ ނުދޭނެ ކަމަށެވެ.
ހަމައެހެންމެ އެ ކައުންސިލުން ވަނީ މާލޭ ސިޓީގެ އެއްވެސް ތަނެއްގައި އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ.

ރޯދަ މަލާފަތް: ދިވެހިންގެ ތާރީހުގެ ތެރެއިން ބޯ ފޮޅި!
48 ގަޑިއިރުގެ ތެރޭގައި 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
ސުވާލާއި ޖަވާބު: ކުޑަކުދިން ރޯދަ ހިފަން ޖެހެނީ ކޮން އުމުރެއްގައި؟
