ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ތަރިންގެ ތެރޭގައި ކަންގަނާ ހިމެނެ އެވެ.

އޭނާ ވަނީ މިންނެތް މަސައްކަތުން އަމިއްލަ ފައި މައްޗަށް ތެދުވެފަ އެވެ.

ފިލްމު އިންޑަސްޓްރީގައި ނެޕޮޓިޒަމްގެ ޒަރިއްޔާއިން މަތީ މަގާމުތަކަށް ވާސިލްވާއިރު، ކަންގަނާގެ އަމިއްލަ މަސައްކަތުން ކެރިއަރުގައި ކުރިއަށް ދިޔަކަމީ ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރާ އެއްކަމެވެ.

މިހެން މިކަންވީ ނަމަވެސް، ކަންގަނާ ވެސް ކެރިއަރުގައި ކާމިޔާބުވުމަށްޓަކައި ބައެއްގެ އެހީތެރިކަން ހޯދާފައިވާކަން އޭނާ ހާމަކޮށްފައިވެ އެވެ.

އެގޮތުން ކަންގަނާގެ ފިލްމީ ކެރިއަރު ކުރިއެރުމަށްޓަކައި ފިލްމު ޕްރޮޑިއުސަރުންނާއި ލޯބީގެ ގޮތުން ގުޅުނުކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.

އޭނާ ބުނިގޮތުގައި އެއީ ކަންގަނާގެ އަމިއްލަ އިހުތިޔާރުގައި ކުރި ކަމެއް ނޫނެވެ. އަދި އެއީ ބަޔަކު އޭނާ ލައްވައި ގަދަކަމުން ކުރުވި ކަމެއް ކަމުގައި އޭނާ ބުނެފައިވެ އެވެ.

ކަންގަނާ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދިން ރީތި ފަންނާނެކެވެ. ހަމައެހެންމެ ކަންގަނާ އަކީ އިންޑަސްޓްރީގައި ދިމާވާ އެކިއެކި ބޭއިންސާފު ކަންކަމަށް އަޑު އުފުލާ ފަންނާނެކެވެ.