ހުކުރު ދުވަހު މުޅި އިންޓަނެޓް އެކީ އެކައްޗަކަށް ގުގުމާލީ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އޭނާގެ "ބަނޑުބޮޑު" ފޮޓޯއެއް ހިއްސާކުރުމާ އެކީގަ އެވެ. އެއާއެކު ނޭހާ ބަނޑުބޮޑު ކަމަށް ހީކޮށް އޭނާ އަށް ތަހުނިޔާ އާއި މުބަރަކްބާދީގެ މެސެޖުތައް އޮހިގަތެވެ.
ނަމަވެސް ހަމަ އެދުވަހު އެއާޕޯޓުން ނޭހާ ފެނުނު އިރު ފޮޓޯއިން ފެނުނު ވަރުގެ ބަނޑެއް ފެންނަން ނެތުމުން އެންމެނަށް ވެސް ހައިރާންކަން ގެނުވި އެވެ. އަދި މި ހައިރާން ކަން ބޮޑުވި މައިގަނޑު ސަބަބަކީ ނޭހާގެ ކައިވެންޏަށް އެންމެ ދެ މަސް ފުރިފައިވުމުންނެވެ. ހިއްސާކޮށްފައިވާ ފޮޓޯއިން ނޭހާގެ ބަނޑަށް 4-5 މަސް ވެދާނެ ކަމަށް ބެލެވުނެވެ.
އެންމެން ވެސް ނޭހާ ބަނޑުބޮޑު ކަމަށް ހީކޮށްގެން އުޅެނިކޮށް، ނޭހާ މިވަނީ އެ ފޮޓޯއަކީ އޭނާ އާއި ފިރިމީހާ ރޯހަން ޕްރީތްގެ ލަވައިގެ މަންޒަރެއް ކަން ހާމަކޮށްފަ އެވެ. އޭނާ އަސްލު އިނީ ބަލިވެ އެއް ނޫނެވެ. އެއީ ލަވަ ޕްރޮމޯޓް ކުރަން ޖައްސާލި ޕަބްލިސިޓީ ސްޓަންޓެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ ނޭހާ އަކީ އަބަދުވެސް މިފަދަ ޕަބްލިސިޓީ ސްޓަންޓް ޖައްސާ މީހެކެވެ. އޭނާގެ ކައިވެނީގެ ކުރިން ވަނީ "ނޭހޫ ދަ ވްޔާ"ގެ ނަމުގައި އޭނާގެ ކައިވެންޏާ ބެހޭގޮތުން ލަވައެއް ނެރެފަ އެވެ. އޭރު ބުނަމުން ދިޔައީ ކައިވެނި ކުރަން ނޫޅޭ ކަމަށެވެ. ނަމަވެސް ދެން ދުވަސްކޮޅެއް ފަހުން އިވިގެން ދިޔައީ ކައިވެނި ކުރެވިގެން ދިޔަ ހަބަރެވެ. މިއީ ލަވަ ޕްރޮމޯޓު ކުރަން ކަމެއް، ނުވަތަ ކައިވެނި ޕްރޮމޯޓު ކުރަން ކުރި ކަމެއް ކަން ސާފެއް ނުވެ އެވެ.
ނޭހާގެ އާ ލަވަ "ހަޔާލް ރަކްޔާ ކަރް" ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގަ އެވެ.