އިތުރު 3 އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ، ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ މަގު ފަހި ކުރުމަށްޓަކައި އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން މިހާރު ވެސް ހަތަރު އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އިތުރު ތިން އެއާޕޯޓެއް އެޅުމަށްޓަކަށް ބިން ހިއްކުމަށް ތައްޔާރުވަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ތިން އެއާާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ މި ދައުރުގައި ފައްޓަވާނެ އެވެ.
އަލަށް ތަރައްގީކުރާ އެއާޕޯޓުތައް އެޅުމަށް ހަމަޖެހިފައިވަނީ ހދ. މަކުނުދުއާއި، ބ. ތުޅާދޫގެ އިތުރުން، ށ. ބިލެތްފަހި އަދި ތ. ވިލުފުށީގަ އެވެ.
ގޯއްޗާއި ފްލެޓްތައް ބޭނުންކުރެވޭ ގޮތް ހަދައިދޭން ގޮވާލައިފި
އަނިޔާއާއެކު ވެސް އައްޒަ މަސައްކަތައިގެން ކުރިއަށް!
ބީއެމްއެލް އިން ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފި
