90 ގެ އަހަރުތަކުގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ދެ ތަރިންކަމަށްވާ އަކްޝޭ ކުމާރް އާއި ޓްވިންކަލް ޚަންނާގެ ހަމައެކަނި ފިރިހެން ދަރިފުޅު އާރަވް ބާޓިއާ އަކީ އަކްޝޭ ފަދަ ފިރިހެން ވަންތަ ސިފައެއް ހުރި މީހެއް ނޫނެވެ.

އާރަވްގެ ހެދުން އެޅުމުގެ ވައްޓަފާޅީގައި އަންހެނުން ހެދުން އަޅާ ސްޓައިލް ގެންގުޅޭ ކަމަށާއި، އާންމުންނާއި މަދުން މުހާތަބު ކުރުމުގެ އިތުރުން، މާ ބޮޑަށް ލަދުގަންނަ ކަމަށް ބުނެ އާންމުން ވަނީ އާރަވްއަށް ފާޑުކިޔައި މަލާމާތްކޮށްފަ އެވެ.

އެހެންނަމަވެސް އަކްޝޭ އޭނާގެ ދަރިފުޅުގެ ދިފާއުގައި ބުނީ، އާރަވް ބޮޑުކޮށްފައިވަނީ ބޮލީވުޑް ތަރިންގެ ދަރިއެއް ފަދައިންނެއް ނޫންކަމަށެވެ. އޭނާ ކިޔަވައި ބޮޑުކުރީ އާދައިގެ ސްކޫލަކަށް ފޮނުވައިގެން ކަމަށާއި، އާރަވްގެ ކިބައިގައި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދެއްކުމުގެ ޝައުގެއް ނުވާކަމަށް އަކްޝޭ ބުނެފައިވެ އެވެ.

އަކްޝޭ މިފަދައިން ބުނި ނަމަވެސް ދާދި ފަހުން އާރަވް އެއްޖިންސުން ގުޅުން ހިންގާ ވިޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ގިނަ ބައެއްގެ ތެރޭގައި މި ވީޑިއޯ އާންމުވި ނަމަވެސް މިކަމާ ގުޅިގެން އަކްޝޭ މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

އަކްޝޭ އާއި ޓްވިންކަލްގެ ކައިވެންޏަށް 20 އަހަރު ފުރިފައިވާއިރު، އާރަވްގެ އިތުރުން އެދެމަފިރިންނަށް 10 އަހަރުގެ ނިތާރާ ވެސް ލިބިފައިވެ އެވެ.