ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުންހިންގި މައްސަލާގައި ގޭބަންދު ކޮށްފައިވާ ނާޒިމް ސައްތާރު މިނިވަންވެއްޖެ އެވެ.
ނާޒިމް ސައްތާރު މިނިވަންވީ އެއް ޖިންސުން ގުޅުންހިންގި މައްސަލާގައި 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރުމަށް ކުރި ހުކުމުގެ މުއްދަތު ހަމަވުމުންނެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމް ގޭބަންދުކުރުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ވީހާވެސް ކުޑަ އަދަބެއް އަންނަގޮތަށެވެ.
އަލަމްގިރިއާއި އެކު އެއް ޖިންސުން ގުޅުން ހިންގި މައްްސަލާގައި އިތުރު ބައެއް ފަރާތްތަކުގެ މައްޗަށްވެސް ދައުވާކޮށްފައިވާއިރު މިހާތަނަށް އެ މައްސަލާގައި ޖަލަށްލުމަށް ހުކުމްކުރީ އަލަމްގިރި އާއި ފުލުހެއްކަމަށްވާ (ދޮންދިގު) އެވެ
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!