މިހާރު ބޮލީވުޑްގައި ހުރި އެންމެ މަގުބޫލު އެކްޓަރު ކާތިކް އާރިޔަންގެ ކުރިއަށް އޮތް ފިލްމް "ޝެހެޒާދާ" އަންނަ މަހު 10 ގައި ރިލީޒްކުރުމަށް ވަނީ ނިންމާފަ އެވެ. މިފިލްމުގައި ލީޑް އެކްޓަރު ގޮތުގައި އުމުރުން 32 އަހަރުގެ ކާތިކް ފެނިގެންދާއިރު މިފިލްމަކީ އޭނާ ޕްރޮޑިއުސަރެއް ގޮތުގައިވެސް ހިމެނެ އެވެ.

އިން ޕްރޮޑިއުސަރަކަށް ވެއްޖެކަމަށް ރިޕޯޓްތަށް ބުނަން ފަށައިފިއެ

ކާތިކް އަކީ ބޮލީވުޑައި މިހާރު އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ކާމިޔާބު އެއް އެކްޓަރެވެ.

ކާތިކްގެ އިތުރުން "ޝެހެޒާދާ" ގެ ޕްރޮޑިއުސަރުންނަކީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ކްރިޝަން ކުމާރާއި "ޝެހެޒާދާ" ގެ އޮރިޖިނަލް ފިލްމު "އާލަ ވައިކުންތަޕުއްރަމުލޫ" ކުޅުނު ތެލެގޫ އެކްޓަރު/ޕްރޮޑިއުސަރު އައްލޫ އަރުޖުން އިތުރުން އަމަން ގިލް ހިމެނެ އެވެ.

"ޝެހެދާޒާ" ޓްރެއިލާ ނެރެފައިވާއިރު ޓްރެއިލާ ނިމިގެންދާއިރު ކްރެޑިޓް ލިސްޓްގައި ޕްރޮޑިއުސަރުން ބައިގައި ކާތިކްގެ ނަން ހިމެނެ އެވެ. މިޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިފިލްމުގައި ކާތިކް ފެނިގެންދާނީ އެކްޝަން ހީރޯއެއްގެ ގޮތުގައި އެވެ.

https://www.youtube.com/watch?v=vbSGPIS2_ao

"ޝެހެޒާދާ" ގެ ޑައިރެކްޓަރަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ. މިއި އޭނަގެ ތިން ވަނަ ޑައިރެކްޝަނެވެ. "ޝެހެޒާދާ" ގެ ކާސްޓްގައި ކްރިތީ ސެނަން، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް އަދި ރޯނިތު ރޯއި ހިމެނެ އެވެ.

މި ފިލްމް އަކީ ސައުތުގެ ސްޕްހިޓު ފިލްމް "އާލަ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރިމޭކެވެ.