މީހެއްގެ ލާރިދަބަހެއް ވަގަށް ނެގި މައްސަލައިގައި އިންޓަޕޯލް މެދުވެރިކޮށް ދިވެއްސަކު ރާއްޖެ ގެނެސް ހައްޔަރުކޮށްފި އެވެ.
އޭނާ އަތުލައިގެންފައި ވަނީ އެހެން މީހެއްގެ ލާރި ދަބަހެއް ވަގަށް ނަގައި، ފިލައިގެން ގޮސް ތައިލޭންޑްގައި ހުއްޓަ އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދ. މީދޫ، ބިއްލޫރިވިލާ، މުހައްމަދު އިހްސާން އެވެ.
އޭނާގެ އަތަށް މީހަކު ގިނަ އަދަދެއްގެ ފައިސާ ދަބަހަކަށް އަޅައި ހަވާލުކުރި ކަމަށާއި، އެހެން ނަމަވެސް އޭނާ އެ ފައިސާ ހުރި ދަބަސް ހިފައިގެން އޭނާ ފިލީ ކަމަށާއި، ތައިލޭންޑުގައި އުޅެނިކޮށް، އިންޓަޕޯލް މެދުވެރިކޮށް ރާއްޖެ ގެނައީކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓްގައި ބުނެފައިވެ އެވެ.
އޭނާ ރާއްޖެ ގެނައުމަށްފަހު މިހާރު އޭނާ ވަނީ މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ރާއްޖެއިން ފިލައިގެން ދާން މަސައްކަތް ކޮށް، ރާއްޖެއިން ބޭރުގައި އުޅެފާނެކަމުގެ އިހުމާތު އޮތުމުންނެވެ.

މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކީ މިއީ
ރަމަޟާން މަހުގެ ރޯދަ ހިފާ ޣައިރު މުސްލިމުން ގިނަވަނީ!
ތަރާވީހް ނަމާދަށް 50،000 އަށްވުރެ ގިނަ މީހުން އަގްސާ މިސްކިތަށް

އަންނި
ނަސީދު