ސިއްހީ މައްސަލައެއް ދިމާވެއްޖެނަމަ ތިމާގެ ހަށިގަނޑުން އެކަން އެނގޭނެ އެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކުންވެސް އެކަން ފާހަގަ ވާނެ އެވެ.
އެގޮތުން ލޮލަކީ ގިނަ ސިއްހީ މައްސަލަތައް ދެނެގަނެވޭނެ ގުނަވަނަކަށް ވާއިރު ލޮލުން ފެންނަ މި ކަންކަމަށް އެއްވެސް ހާލެއްގައި ފަރުވާކުޑަ ކޮށްގެން ނުވާނެ އެވެ.
ލޯ ރަތް ވުން
އެންމެނަކީ މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅޭ ބައެކެވެ. ކޮމްޕިއުޓަރު ކައިރީގައި ބުރަކޮށް އެތައް އިރަކު މަސައްކަތް ކުރާ ބައެކެވެ. އެހެން ނަމަވެސް މިއީ ސިއްހީ ގޮތުން ނުރައްކާތެރި ކަމަކެވެ. މިގޮތަށް ލޯ ރަތްވުމަކީ ލޮލުގެ އިންފެކްޝަނެއް ހުރިކަން އަންގައިދޭ އަލާމާތަކަށް ވުން ގާތެވެ.
ބުމައިން އިސްތަށި ފޭބުން
ހާސްވެ ކަންބޮޑުވުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިންސް އަދި މިނަރަލްސް ނުލިބުން ނުވަތަ ދިފާއީ ނިޒާމުގެ މައްސަލައަކުން ވެސް މިހެން ދިމާވެދާނެ އެވެ. ނުވަތަ ތައިރޮއިޑް އަދި ހޯމޯންސްއަށް އަންނަ ބަދަލަކުން ވެސް މި މައްސަލަ ކުރިމަތި ވެދާނެއެވެ. އެހެން ކަމުން މި މައްސަލަ ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރި އެެވެ.
ލޯ ފުސްވުން
އެއްޗެއް ކިޔާއިރު ނުވަތަ ބަލާއިރު ވަކި ހިސާބެއް ފުސްވެފައި ހުރުން އެއީ ވެސް ދިމާވާ މައްސަލައެކެވެެ. ހަކުރު ބަލި ހުންނަ މީހުން މިއީ އާންމު މައްސަލައެކެވެ. އާންމުކޮށް މިހެން ވަނީ ލޭނާރުތައް ހަލާކުވެ ލޮލުގެ ފަހަތުގައި އިންނަ ފަށަލައިގެ ޓިޝޫތައް ހަލާކުވުމުންނެވެ.
ވަކިކުރި ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
ރާއްޖެ ބަލި: އާއްމުކޮށް ކުރެވޭ ކުށްހީތަކާއި އޭގެ ހަގީގަތް!
"ބެޓްމޭން ޕާޓް 2"ގެ މަސައްކަތް ހުއްޓިފައި، ފެށޭނެ އިރެއް ނޭނގޭ!
ދެން އަވަހަށް ކެމްބޯޑއާ އަށް ފުރީ ވިސާ ލިބޭތ؟