ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ކުރާ ކަމަކަށް ވާއިރު، އެކަމަކީ ކުޑައިރުން ފެށިގެން އާދަވެފައިވާ ކަމެއް ނަމަ، ބޮޑުވެގެން އެކަން ހުއްޓައިލަން ފަސޭހައެއް ނުވާނެ ކަމެކެވެ.

އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖަލް ވެސް ހިމެނެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނިގޮތުގައި އެތައް ފަހަރެއްގެ މަތިން ކާޖަލް، ހަފްލާތަކުގަ އާއި، ޕާޓީތަކުގައި ނިޔަފަތި ކާ މަންޒަރު އާންމުންނަށް ފެނިފައިވެ އެވެ. ހަމައެހެންމެ ކާޖަލް ނިޔަފަތިކާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވެ އެވެ.

ކާޖަލްއަށް 48 އަހަރު ފުރިފައިވާ އިރުވެސް އެ އާދަ ފިލައި ނުދިއުމުން ގިނަ ބައެއްގެ މަލާމާތް އޭނާއަށް ރައްދުވެފައިވެ އެވެ. ނަމަވެސް މި އާދައާ ދުރުވުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާކަމަށް ކާޖަލް ބުނެފައިވެ އެވެ.

ކާޖަލް އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

އެގޮތުން ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ކާޖަލް ކައިވެނި ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ އަޖޭ ދޭވްގަން އާއެވެ. އަދި އަޖޭއާ އެކު އޭނާއަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.