ވޮޝިންޓަން (21 ޖެނުއަރީ) މިހާރު ކުރިއަށްދާ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިންއިން ދެމުން އަންނަ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލަން އެމެރިކާއިން ލަފާ ދީފި އެވެ.
އެގޮތުން އެމެރިކާގެ އިސް އޮފިޝަލުންތަކެއް ވަނީ އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާ އެންމެ ފަހުގެ އަސްކަރީ ހަތިޔާރުތައް ލިބެންދެން ހަމަލާތައް މެދުކަނޑާލަން ޔޫކްރެއިނަށް ގޮވާލައިފަ އެވެ.
ހަނގުރާމައަށް އެހީ ވުމަށްޓަކައި އެމެރިކާއިން ޔޫކްރެއިނަށް އެކި ފަހަރުމަތިން އަސްކަރީ އެހީ ދީފައިވާއިރު އަވަސް މުސްތަގުބަލެއްގައި އިތުރު ޝިޕްމަންޓެއް ލިބިގެންދާނެ ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެ އެވެ.
އެހެން ނަމަވެސް ޖަރުމަނުގައި އުފައްދާ ޓޭންކުތައް ޔޫކްރެއިނަށް ފޮނުވާ މައްސަލާގައި އެމެރިކާ އާއި ޖަރުމަނާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާއިރު އެމެރިކާއިން ވަނީ ޔޫކްރެއިނަށް ފޮނުވާ އެހީގެ ޕެކޭޖުގައި އެފަދަ ޓޭންކުތައް ނުހިމެނޭނެ ކަަމަށް ބުނެފަ އެވެ.
ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން އާއި ރަޝިއާއިން ވެސް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު މި ހަމަލާތަކުގައި ދެ ގައުމަށް ވެސް އިންސާނީ އަދި މާއްދީ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން އެމެރިކާގެ އިތުރުން ވެސް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދީފަ އެވެ. -- އަލް އަރަބިއްޔާ
ޓޮމް އާއި ނަސީމްގެ ކުންފުންޏަށް ވެސް އެތައް މިލިއަންގެ މަޝްރޫއު!
އަސަދުﷲގެ ކުންފުންޏަށް ވެސް 87.3 މިލިއަންގެ މަޝްރޫއު ބަހާލާފައިވޭ
ކޮމިޓީން އެދުމުން މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްފި