ގިނަ ބަޔަކު މިހާރު ވެސް ބޭނުންކުރަމުން އަންނަ ވިލާ ރޫފިން ޝީޓްގެ އާ ވައްތަރެއް ކަމަށްވާ ޕްރިމިއަމް ކޮލޮރައިޓް-ކޯޓިންގެ ވިލާ ރޫފިންގް ޕްރޮޑަކްޓްސްތައް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

ވިލާ ރޫފިންގްއަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު، އަދި އެނެމް ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދޭ ކޮލެޓީ ޓިނެކެވެ.

ވިލާ ރޫފިންގް ޝީޓްތަކަކީ، އާއްމު ފުރާޅު ޝީޓްތަކަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ހޮޓްރޯލް ފޯމް ޕްރޮސެސް މެދުވެރިކޮށް އުފައްދާ ޝީޓްކެވެ. ޒަމާނީ މެޝިނާއި ވިލާ ރޫފިންގް ކަސްޓަމަރުން ބޭނުންވާ މިނަކަށް ޑެލިވަރީ ކޮށްދެ އެވެ. އަދި ވިލާ ރޫފިންގް މާލެ، ހުޅުމާލެ އަދި ދޯންޏާއި ހަމައަށް ޑެލިވަރީކޮށްދޭއިރު، ތިލަފުށީގައި ހުންނަ ފެކްޓްރީން އޯޑަރު ވެސް ނަގަ އެވެ. އެހެންކަމުން މިހާރުވެސް ގިނަ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުން ވެސް މި ޝީޓްތައް ބޭނުންކޮށްގެން ގޭގެ ފުރާޅުތައް ހަދާފައިވެ އެވެ.

ވލާ ރޫފިންގް އަކީ "ހޮޓް ރޯލް ފޯމް ޕޮރެސް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ އެއްޗެކެވެ. ސައުދީ އިން ރޯ މެޓީރިއަލް އެތެރެކޮށްގެން ތައްޔާރުކުރާ މި ރޫފިން ޝީޓުތައް ކަސްޓަމަރުން ބޭނުންވާ ޑިޒައިނާއި ސައިޒަކަށް ތައްޔާރުކޮށްލެވޭނެ އެވެ. އަދި މި ރޫފިންގް ޟީޓުތަކުގެ ބޯމިނުގައި 0.50 މިލިމީޓަރު ހުރެ އެވެ. ސައުދީ، ޔޫއޭއީ، ޖޯޑަން، ކުވެއިޓް އަދި މެދު އިރުމަތީގެ އެންމެ ފުރިހަމަ މިންގަނޑުތަކަށް އުފައްދާ މި ރޫފިންގް ޟީޓުތަކަކީ އައި އެސް އޯ ސެޓްފިކެޓް ވެސް ހާސިލްކޮށްފައިވާ ބްރޭންޑެކެވެ.

އެންމެ ފާހަގަކޮށްލެވޭ ފައިދާތަކުގެ ތެރޭގައި މި ރޫފިން ޝީޓްތަކުގައި "އެންޓި ކެޕިލަރީ" ޓެކްނޮލޮޖީ ހުރުމުގެ ސަބަބުން ފުރާޅުން ފެންތިކި ނުޖަހާނެ އެވެ. މިއީ ވިލާ ހަކަތަ އިން ދެކޭ ގޮތުގައި ގިނަ ދިވެހިންނަށް ފުރާޅު އެޅުމުގައި ކުރިމަތިވާ ލީކުވާ މައްސަލައަށް ދާއިމީ ހައްލެކެވެ. އަދި މީގެ އިތުރުން ގިނަ ވަގުތު އަލިފާނުގައި ވެސް ގެއްލުމެއް ނުވާ ގޮތަށް މި ރޫފިންގް ޝީޓުތައް ހިފަހައްޓާނެ އެވެ. އަދި މިއީ އެހެނިހެން ރޫފިން ޝީޓްތަކަށް ވުރެ ބޮޑަށް ލޮނުގެ އަސަރުން ދަބަރުޖަހާ، ދަގަނޑު ހަލާކުވާ މިންވަރު ކުޑަކޮށްދޭނެ ރޫފިން ޝީޓުތަކެކެވެ.

ވިލާއިން ތައާރަފް ކޮށްފައިވާ ރޫފިން ޟީޓުތައް ލިބެން ހުންނާނެ ކުލަތަކަކީ ވިލި ނޫ، ޒިންކް، ގަދަ ނޫ އަދި ފެހި ކުލައިންނެވެ.

މި ރޫފިންގް ޕްރޮޑަކްޓްސް ވިލާއިން ތައާރަފް ކޮށްފައި ވަނީ ބޮޑު ޑިސްކައުންޓަކާއެކު އެވެ. އެގޮތުން ކޮންމެ ފޫޓަކަށް 15 އިންސައްތަ ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން މި އަންނަ މަހުގެ 28 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ވިލާގެ ރޫފިން ޕްރޮޑަކްޓްސް ގަތުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ ގޮތެއްގައި އޯޑާ ވެސް ކޮށްލެވޭނެ އެވެ. އެގޮތުން 7236464 ނަންބަރަށް ވައިބާ ނުވަތަ ގުޅޭނެ އެވެ. [email protected] އަށް އީމެއިލް ކުރެވޭނެ އެވެ.