އަންނަ އަހަރު އައު މަޝްރޫއުތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަމަށާއި، މިދިޔަ އަހަރަށް ވުރެ ކުޑަކޮށް ދައުލަތުގެ ބަޖެޓު ހުށަހަޅާފައި ވަނީ މިހާރު ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް އިސްކަންދިނުމުގެ ގޮތުން ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް އަލުން ފެށޭނެ ތާރީހަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް އަމާޒުކޮށްގެން ކަމަށެވެ. އަދި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ވެސް ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތައް ހުއްޓާލުމަށް ފަހު، ސަރުކާރުގެ އަމިއްލަ އެޖެންޑާއާއެކު ކުރިއަށް ދިއުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެ މަޝްރޫއުތައް އެއްފަރާތް ނުކޮށް ކުރިއަށް ގެންގޮސް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރިކޮށްލުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،" ވަޒީރު މުއްތަލިބު ވިދާޅުވި އެވެ.
މީގެއިތުރުން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް ނަމަވެސް، ފައިސާގެ ދަތިކަމާ ހުރެ ފަހުން އެ މަސައްކަތްތައް އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށްވާ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެމްޑަބްލިއުއެސްސީއަށް ވެސް ފައިސާ ހޯދުމުގައި ކުރިން ދަތިތަކެއް ދިމާވި ނަމަވެސް، މިހާރު އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ކެމެރާއަށްވުރެ ދަރިފުޅުގެ ކުރިމަތީގައި ހުންނަ ހިތްވޭ: އާލިއާ
މަސްދަޅު ކޭސް ބަހަން އަންނަ އަހަރަށް 86.8 މިލިއަން ރުފިޔާ
ހަކުރު ބައްޔަށް ފަރުވާ ކުރިޔަސް މޭވާ ކެއުން ހުއްޓާލާކަށް ނުޖެހޭ!