ދިރިއުޅުމުގެ ކޮންމެ ވަގުތަކަށް ވެސް ތަފާތު ރީތިކަމަކާއި ހިތްހަމަޖެހުމެއް ގެނެސްދިނުމުގައި ވަސް މީރު ސެންޓުތަކުގެ ދައުރު ބޮޑެވެ.
މާލޭގެ ލެ ޕާފިއުމް އިން މިހާރު ލިބެންހުރި ފްރެގްރަންސް ނެޓްވޯކްގެ އުފެއްދުންތަކަކީ ގުދުރަތީ ރީތިކަމާއި، ސަގާފީ ފަންނުވެރިކަމާއި، ޒަމާނީ ލަގްޒަރީ އެއްކޮށްލައިގެން އުފައްދާފައިވާ ހިތްގައިމު ކަލެކްޝަންތަ އެކެވެ.
ކޮންމެ މޫޑަކަށް ޚާއްޞަ ކަލެކްޝަންއެއް!
- ފްލާވާ ސެންޓްސް: މާތަކުގެ ނާޒުކަމާއި ގުދުރަތުގެ ހިތްގައިމުކަން ގެނެސްދޭ މި ކަލެކްޝަންގައި ތަފާތު މާތަކުގެ ވަސްތައް ހިމެނެ އެވެ. ދުވާލުގެ އުފާވެރި ވަގުތުތަކާއި ހާއްސަ ހަފްލާތަކަށް ވެސް މި މާތަކުގެ ވަސްތައް ވަރަށް ފުރިހަމަ އެވެ.
- ރިމާލް ކަލެކްޝަން: އަރަބި ބަހުން "ވެލި" މި މާނަ ދޭހަވާ ރިމާލް ކަލެކްޝަން ބިނާވެފައިވަނީ އަގުހުރި ޖަވާހިރުތަކުގެ ރީތިކަމާއި ބާރުގަދަކަމުގެ މައްޗަށެވެ. މި ސީރީޒްގެ ސެންޓުތަކުން ތަފާތު ޝަހްސިއްޔަތުތަކަށް ގުޅޭ ރީތި ވަސްތައް ލިބެ އެވެ.
- ސެރެނިޓީ: ހަލަބޮލި ދިރިއުޅުމުގެ ތެރެއިން ހިތުގެ ހަމަޖެހުމާއި ސާދާ ލަގްޒަރީ ބޭނުންވާ ފަރާތްތަކަށް މި ސީރީޒް ހާއްޞަ އެވެ. ޤުދުރަތީ ހިތްގައިމުކަމާއި ހަމަހިމޭންކަން ގެނެސްދޭ މި ވަސްތަކަކީ ދިރިއުޅުމަށް އާ ތާޒާކަމެއް ގެނެސްދޭނެ އުފެއްދުންތަކެކެވެ.
ސަގާފަތާއި، ލަގްޒަރީ އަދި ފޮނި ރަހަތައް
އާ ކަލެކްޝަންތަކުގެ ތެރެއިން ލިވާން އިން ޢަރަބި ސަގާފީ އިމާރާތްތަކުގެ ލިވާންތަކުގެ ރީތިކަމާއި ޗާލުކަން ގެނެސްދޭއިރު، މިރްސާލް އިން ގެނެސްދެނީ ހަނދާންތަކާއި ގުޅުންތަކުގެ ވާހަކަ ކިޔައިދޭ ހާއްސަ ސެންޓުތަކެކެވެ.
ހަމައެހެންމެ، ލަކުޑިއާއި ޢޫދުގެ ފުން، ބާރުގަދަ އަދި ދިގުދެމިގެންދާ ވަސްތަކަށް ލޯބިކުރާ ފަރާތްތަކަށް ވޫޢޫދު ހާއްސަވެފައި، ފޮނި އަދި ލުއި ލަގްޒަރީ ވަސްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ޔުމީރާ އަކީ ތަފާތު އުފާވެރި ތަޖުރިބާ އެކެވެ.
މާލޭގެ ލެ ޕާފިއުމް އަށް ޒިޔާރަތް ކޮށްލުމުން، ތިމާގެ އަމިއްލަ ސްޓައިލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ އެންމެ ގުޅޭ ވަސް ހިޔާރު ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އިޒްރޭލުގައި ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކާމިޔާބުނުވި
މަސްދަޅު ކޭސް ބަހަން އަންނަ އަހަރަށް 86.8 މިލިއަން ރުފިޔާ
ހަކުރު ބައްޔަށް ފަރުވާ ކުރިޔަސް މޭވާ ކެއުން ހުއްޓާލާކަށް ނުޖެހޭ!