ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން މިއަދު ތުޅާދޫއަށް ވަޑައިގަތުމުން ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުން އެބަދެ އެވެ.
ހިސާން ތުޅާދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ މުޒާހަރާކޮށް އަޑު އުފުލަމުން ދާއިރު، ތުޅާދޫއިން "ހުރިހާ" އަށް މައުލޫމާތު ދެމުން އެކަމުގައި އިސްކޮށް އުޅުއްވާ އަތީފް ވިދާޅުވީ ފުލުހުން މިހާރު ސައުންޑް އަތުލާފައިވާ ކަމަށެވެ.
"ހިސާން މެމްބަރު ކަމުގައި އެއްވެސް ކަމެއް ނުކުރެވޭ. ގެނެވުނު ތަރައްގީއެއް ނެތް. ޒުވާނުން ނައިޓަށް އައިސް އައިސް ހަލާކުވެއްޖެ. އެއާޕޯޓެއް ނޭޅުނު. އަޅުގަނޑުމެން މިކަންކަމާ ދެކޮޅަށް އަޑު އުފުލަމުން މިދަނީ،" އަތީފް ވިދާޅުވި އެވެ.
މުޒާހަރާ ކުރަމުންދާ މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުންވެސް ހިމެނެ އެވެ. އެމީހުން ބުނަމުންދަނީ ރައީސް ޔާމީން ޖަލަށް ލައިގެން ހިސާންއަކަށް އެހާ ފަސޭހަކޮށް ތުޅާދޫގައި ނުހުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ ސަޕޯޓަރުން ވެސް މި މުޒާހަރާގައި ބައިވެރިވެ އެވެ.
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"
"ފްރެންޑްސް"ގެ ތަރި ލީސާއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް!
ނުހައްގު މުއްސަނދިކަން ހުއްޓުވާ ބިލު މަޖިލީހުގައި ތާށިވެފައި!