މިއަދުގެ ހުުކުރު މަލާފަތުގައި މި ގެނެސްދެނީ ބަތް ނުވަތަ ރޮށްޓާއެކު އިންސާފު ކޮށްލަން ރަނގަޅު ކުކުޅުގެ ބާވަތެކެވެ. ހުކުރު ދުވަހުގެ މެންދުރު ސުފުރާއަށް މިކެއުމަށް އިންސާފު ކޮށްލަމާ ހެއްޔެވެ؟

ބޭނުންވާ ތަކެތި:

  • 1 ކިލޯ ކުކުޅު (ކަށްޓާއެކު ކޮށާފައި)
  • 1 މޭޒުމަތީ ސަމްސާ ލޮނުމެދު (ގާނާފައި)
  • 1 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފައި)
  • 1 ސައި ސަމްސާ ރީނދޫ
  • 4 މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް
  • 1 ފިޔާ
  • 1 ޓޮމާޓޯ
  • ލޮނު (ރަހަލާވަރަށް)
  • 5-4 ސަމްސާ ކުކިންއޮއިލް

ތައްޔާރު ކުރާނެ ގޮތް

  1. ކުކުޅުކޮޅު ދޮވެލުމަށްފަހު ލޮނުކޮޅަކާއި ރީނދޫކޮޅު އަޅާފައި މެރިނޭޓް ކޮށްލަން ބަހައްޓާށެވެ.
  2. މިކްސަރުން ފިޔާ އަދި ޓޯމާޓޯ، ޕޭސްޓްގަނޑަކަށް ވަންދެން މުގުރާލާށެވެ.
  3. އެތެރެ ފުން ތަވައަކަށް ތެޔޮފޮދު އަޅައި، ހޫނުވުމުން ކުކުޅުކޮޅު އަޅާލައި، އެއްކޮށްލާފައި 2 މިނަޓެއް ހާއިރު މަތިޖަހާފައި މެދުގިނީގައި ބަހައްޓާށެވެ.
  4. އެއަށްފަހު ލޮނުމެދު ކޮޅާއި އިނގުރު އަޅައިގެން ކުކުޅުން ބޭރުވާ ފެން ހިނދެންދެން މަޑުގިނީގައި ކައްކާލާށެވެ.
  5. ފެން އެއްކޮށް ހިނދުމުން ފިޔާ، ޓޮމާޓޯއިން ހަދާފައިހުރި ޕޭސްޓްގަނޑު އަޅައިގެން 2 މިނަޓެއް ހާއިރު ކެއްކުމަށްފަހު އަސޭމިރުސް އަޅައިގެން އަނެއްކާވެސް 2 މިނަޓެއް ހާއިރު ކައްކާލާށެވެ.