ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭރަށް ހިނގުން އާންމުވުމާއި ގުޅިގެން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގާ ބަލީގެ އަލާމާތްތަކުގެ އިތުރުންވެސް އެހެނިހެން އަލާމާތްތަކަކަށް ސަމާލުވުމަށް އަންގާފަ އެވެ.

އެގޮތުން މި ބަލީގެ އެހެނިހެން އަލާމާތްތަކުގެ ތެރޭގައި ބޮލަށް އެނބުރުން އެރުމާއި، އާދަޔާ ހިލާފަށް ކަރުހިއްކުން އަދި ވަރުދެރަވުން ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި އޭގެ އިތުރުން ކުޑަކަމު ދެވޭ މިންވަރު މަދުވެ، ދިޔާތަކެތި ބޭނުން ނުކުރެވޭ ގޮތް ވުން އަދި ގިނައިން ހޮޑުލެވި، ބޮޑުކަމުދާ ތަކެތިން ލޭ ފެނި، ބަނޑުގައި ރިއްސުން ހިމެނޭކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. މިފަދަ އަލާމާތްތައް ފެންނަ ނަމަ ވީހާވެސް އަވަހަަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ، ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުކަށިކުރުން މުހިންމު ކަމަށެވެ. މި ބަލި އިތުަރަށް ފެތުރުނަ ނުދިނުމަށް ބޭރަށް ހިންގާނަމަ، ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގިނަގިނައިން ލޮނު ޕެކެޓް ބޭނުން ކުރުން މުހިންމުކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. އަދި ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކޮށް، ފާހާނާ ކުރުމަށްފަހު އަތްދޮވުންފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.