ކަންގަނާ ރަނޯތްބޮލީވުޑުން އެންމެ ފަހުން ނެރުނު ފިލްމު "ޕަތާން" އަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބޮލީވުޑް އިންޑަސްޓްރީގައި ކާމިޔާބުވި ހަމައެކަނި ފިލްމުކަމަށް އިންޑިއާގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތް ބުނެފި އެވެ.

"ޕަތާން" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އަށް ހަދާފައިވާ ފިލްމެކެވެ. މީގެ ވިލަންގެ ރޯލުން ޖޯން އަބްރަހެމް ފެނިގެންދާއިރު، ބަތަލުގެ ރޯލުން ޝާހުރުކް ޚާން ފެނިގެން ގޮސްފައިވެ އެވެ.

މި ފިލްމު މިހާރު ރިލީޒްކޮށްފައިވާއިރު، ފިލްމު ބެލުމަށްފަހު ކަންގަނާ ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި ބޮލީވުޑް އިންޑަސްޓްރީގައި މިފަހުން ނެރިފައިވާ އެއްވެސް ފިލްމަކަށް މާބޮޑު ސަޕޯޓެއް ނެތްކަން ފާހަގަކޮށް ކަންގަނާ ވަނީ މިއީ ފާއިތުވި 10 އަހަރުގައި ކާމިޔާބުވި ހަމައެކަނި ފިލްމުކަމަށެވެ.

ނަމަވެސް ކަންގަނާގެ ތައުރީފު އެ ފިލްމަށް ރައްދުވުމުން އާންމުން ވަނީ ކަންގަނާ އެ ފިލްމަށް ތައުރީފު ކުރީ އޭނާގެ ފިލްމުތައް ބަރިބަރިއަށް ފްލޮޕްވަމުން ދާތީ ކަމަށް ބުނެފަ އެވެ. އަދި މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންނަށް ތައުރީފުގެ ބަސްތައް ރައްދު ނުކޮށްފިނަމަ އޭނާއަށް ދެން ފިލްމު އިންޑަސްޓްރީގައި ސަލާމަތް ވެވޭވެ ގޮތެއް ނުވާކަމަށް އާންމުން ބުނެ އެވެ.

އަށް ގައުމެއްގައި ޝޫޓްކޮށްފައިވާ "ޕަތާން" އަކީ 2018 ވަނަ އަހަރު ދެއްކި ބޮޑު ފްލޮޕް "ޒީރޯ" އަށް ފަހު، ޝާހްރުކް ލީޑް ރޯލުކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް ފެނިފައިވަނީވެސް ވަރަށް ތަފާތު ލުކެއްގަ އެވެ.