އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ހިނގާލުމެއް ބާއްވަން ޕީޕީއެމުން ނިންމައިފި އެވެ.
އިދިކޮޅު ޕީޕީއެމުން ކުރި ޓުވީޓެއްގައި މިކަން ހާމަކޮށްފައިވާއިރު، "ބުންވަރު" ނަންދީގެން ބާއްވާ މި ހިނގާލުން އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.
އޭގެ އިތުރުން ހިނގާލުމުގައި ބައިވެރިވާ ޕީޕީއެމްގެ ސަޕޯޓަރުން އެދުވަހުގެ ހަވީރު 4:00 ގައި ޕީޕީއެމް އޮފީހަށް އައުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކޯޓުން ޙުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލަ އަންނަ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައިވެ އެވެ.
9 އަހަރަށްފަހު މޭގަން އަނބުރާ އެކްޓިންއަށް އަންނަނީ!
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް
