ދިވެހި ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ތަރި މަރްޔަމް އައްޒަ އޭނާގެ އާއިލާ މެމްބަރުންނާ އެކީގައި ކުޅެފައިވާ ޓިކްޓޮކެއް އާންމުކޮށްފި އެވެ.

އިއްޔެ އާންމުކޮށްފައިވާ މި ޓިކްޓޮކްގައި އައްޒަ އާއި އޭނާގެ އާއިލާގެ އެކި މެމްބަރުންގެ އިތުރުން ފިލްމު އިންޑަސްޓްރީގައި ވިދަމުންދާ ބައެއް ތަރިން ވެސް ފެނިފައިވެ އެވެ.

އެގޮތުން މަޝްހޫރު ތަރިންކަމުގައިވާ އާއިޝަތު ރިޝްމީ އާއި އަހުމަދު އަޒްމީލް އަދި އިސްމާއިލް ޖުމައިހްގެ އިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކޮށްފައިވާ ތަރި އައިމިނަތު ރަޝީދާ(އައިންތު) ފެނިގެންގޮސްފައިވެ އެވެ.

ހަމައެހެންމެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ކާސްޓުންނާއި މަޝްހޫރު ފެޝަން ޑިޒައިނަރ ޙުސެއިން ޝަދްޔާން (ސޭންޑީ)ގެ އިތުރުން ފަހަކަށް އައިސް ފިލްމު އިންޑަސްޓްރީގައި ވިދަމުންދާ ތަރިންކަމުގައިވާ ފާތިމަތު ޝަރާ އާއި މުހައްމަދު ވިޝާލް (ރޯމަން) ވެސް ފެނިގެންގޮސްފައިވެ އެވެ.

https://www.tiktok.com/@mariyamaxzxa/video/7194406468542631169

އައްޒަގެ މި ޓިކްޓޮކްގައި ޔާރާ ޕްރޮޑަކްޝަންއަށް ތިން އަހަރު ފުރުން ފާހަގަކުރާތަން ފެނެ އެވެ.

ޓިކްޓޮކް ކުޅެފައިވަނީ "ބިގް ބޮސް 13" މަގުބޫލުކަން ހޯދި ޝެހެނާޒް ގިލްގެ މަޝްހޫރުކަން ލިބުނު ޑައިލޮގަކަށެވެ. އައްޒަގެ މި ޓިކްޓޮކަށް ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ލިބިފައިވެ އެވެ.

ޔާރާ ޕްރޮޑަކްޝަން އަކީ ދިވެހި ފިލްމް އުފައްދާ ކުންފުންޏެކެވެ. މިކުންފުނީގެ ވެރިއަކީ އައިމިނަތު ރަޝީދާ، ނުވަތަ ޔާރާ ގުރޫޕް އެވެ.