ހަނިމާދޫ އެއާޕޯޓަށް ކުރާ މޯލްޑިވިއަންގެ ރޭގަނޑު ދަތުރުތައް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ނިންމައިފި އެވެ.

ދަތުރުތައް މެދުކަނޑާލުމަށް ނިންމާލާފައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާތީ އެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން ބުނީ މިގެންނަ ބަދަލާއެކު ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުގެ ފަހަށް ޓިކެޓު ނަގާ ފަރާތްތަކުން، މޯލްޑިވިއަންގެ ކޯލް ސެންޓަރު މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް ވަނީ މޯލްޑިވިއަނުން ވަނީ އެދިފަ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ 6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 18ގަ އެވެ.އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސްއާ އެވެ.