މަޝްހޫރު ތަރި ރާކީ ސާވަންތުގެ ފިރިމީހާ އާދިލް ޚާން ކައިވެނީގެ ބޭރުން ގުޅިގެން އުޅޭ އަންހެނާއަށް ރާކީ އިންޒާރުދީފި އެވެ.

ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރާކީ ސާވަންތާއި ލޯބިވެރިޔާ އާދިލް ވަނީ ކައިވެނީގެ ގޮތުން ގުޅިފަ އެވެ. ކައިވެނީގެ ވާހަކަތަކަށް އާދިލް އިންކާރުކުރި ނަމަވެސް މަޝްހޫރު ތަރި ސަލްމާނުގެ ނުފޫޒުން ކައިވެނި ކުރިކަމަށް އާދިލް އެއްބަސްވި އެވެ.

އެހެން ނަމަވެސް ދާދި ފަހުން މީޑިއާތަކަށް މައުލޫމާތުދެމުން ރާކީ ވަނީ އޭނާގެ ކައިވެނި، ނުރައްކާތެރި ހާލަތެއްގައި އޮތް ކަމަށް ބުނެފަ އެވެ. މިކަމާއި ގުޅޭގޮތުން ރާކީ މީޑިއާތަކަށް މައުލޫމާތު ހިއްސާކުރި ނަމަވެސް އެހުރިހާ މައުލޫމާތުތަކަކަށް އާދިލް އަނެއްކާވެސް ވަނީ އިންކާރުކޮށްފަ އެވެ.

އެކަމަށް ރާކީ ރައްދުދީފައިވާއިރު، ރާކީ ވަނީ އާދިލް ގުޅުން ބާއްވާ އަންހެނާއަށް ފާޅުގައި އިންޒާރުދީފަ އެވެ. ރާކީ ބުނިގޮތުގައި އެއްމަސްދުވަސް ވަންދެން ބިގްބޮސްފައި ރަކީީ އުޅުމުން އެކަމުގެ ފައިދާ އެ އަންހެން ކުއްޖާ ވަނީ ނަގާފަ އެވެ. އާދިލް ގާތު އެކަން ކުރުން ހުއްޓުމަށް ބުނިނަމަވެސް އެކަން ނުހުއްޓާކަމަށާއި، ރާކީއާ އާދިލްގެ ދެމެދަށް އަންނަނަމަ، އެ އަންހެން ކުއްޖާގެ މައުލޫމާތުތަކާއި އާދިލްއާ އެކު ހުރި ފޮޓޯ އަދި ވީޑިއޯތައްވެސް އާންމުންނާއި ހިއްސާކުރާނެކަމަށް ބުނެ ރާކީ ވަނީ އިންޒާރުދީފަ އެވެ.

ރާކީ ބުނިގޮތުގައި އެ އަންހެން ކުއްޖާ ވަނީ އާދިލް ހާސިލްކުރާނެކަމަށް ބުނެ ރާކީއަށް އިންޒާރުދީފަ އެވެ. ރާކީ އާދިލްއާ ކައިވެނިވިކަން ގިނަ ދުވަސްތަކެއް ވަންދެން އިންކާރުކުރީ އެ އަންހެން ކުއްޖާގެ ސަބަބުން ކަމަށްވެސް ރާކީ ތުހުމަތުކުރެ އެވެ.

ރާކީ އިތުރަށް ބުނީ އޭނާގެ ކައިވެނި ކޮންމެހެން ހަދާފައި ވެސް ސަލާމަތް ކުރަން އޭނާ ބޭނުންވާ ކަމަށެވެ. އަދި މިވަގުތު އިތުރު މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށާއި، ވަގުތު ޖެހުމުން ހުރިހާކަމެއް ވެސް އާންމުންނަށް ހާމަކުރާނެ ކަމަށް ރާކީ ބުނެފައިވެ އެވެ.

ރާކީގެ މި ބަސްތަކާއެކު އާދިލް އޭނާއަށް ބޭވަފާތެރިވަނީ ކަމަށް އާންމުން ވަނީ ޔަގީންކޮށްފަ އެވެ. އަދި މިކަމަށް އާންމުން ދަނީ އާދިލްއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.