މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި މާލޭގައި މިރޭ ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން އެދިގެންނެވެ.
އެގޮތުން މިރޭ ހަވާ އަރުވަން ހަމަޖެހިފައިވަނީ މާލޭގެ އުތުރު ފަރާތުގައި، ސޯލްޓް ރެސްޓޯރެންޓާއި ދިމާލުން ކަމަށްވެ އެވެ.
އެގޮތުން ހަވާ އެރުވުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގަ އެވެ. އަދި ހަވާ އެރުވުން ޖުމްލަ ތިން މިނެޓަށް ދެމިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މާލޭގައި ހަވާ އަރުވަން ހަމަޖެހިފައިވާއިރު، ހަވާ އަރުވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް އެމެއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ހަވާ އެރުވުމަށް ހަމައެކަނި ހުއްދަ ދީފައިވަނީ އެމްއެންޑީއެފަށެވެ. އަދި މިކަން އެ އިދާރާގެ ތެރޭގައި އުފައްދާފައިވާ ޖަމިއްޔާކަމަށްވާ ސިފްކޯއިން ވިޔަފާރީގެ އުސޫލުން ކުރެވެ އެވެ.
ކީބޯޑުގެ އަކުރުތައް ތަރުތީބުން ނުހުންނަނީ ކީއްވެ؟
ބާ ފޮތްތަކުން ދުވާ "މީރު" ވަހުގެ ސިއްރަކީ ކޮބާ؟
ދްރިޝްޔަމް 3: ފަހުގެ ކުރިމަތިލުމާއެކު އަޖޭ އެނބުރި އަންނަނީ!
