ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅުޖަހާ މީހަކަށް އިނާމު ދޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
މުސްތަފާގެ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓްގައި ވަނީ ރައީސް ސޯލިހުގެ މޫނަށް ކުޅުޖަހާ މީހަކަށް 50،000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުސްތަފާގެ އެ ޓްވީޓް ފުލުހުންގެ ސަމާލުކަމަށް އައުމުން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހުގެ ވެރިކަން ލޭއޮހޮރުވުމަކުން ނަވަމެސް ބަދަލުކުރަން ހިތްވަރު ލިބޭގޮތަށް މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ޓްވީޓް ކުރުމުން އޭނާގެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން އޭނާގެ ޓްވިޓާ އެކައުންޓް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ މަންފާ ގިނަ ބަޔަކަށް
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޝުއައިބު
"ގްރީން ޓީ"އަކީ ހަޖަމު ކުރުމުގެ މައްސަލަތަކަށް ފަރުވާއެއް ތަ؟
