މިއަދު ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިނިވަންކުރުމަށް އެ ކައުންސިލުން ގޮވާލައިފި އެވެ.
ނަރީޝް މިނިވަންކުރުމަށް ގޮވާލައި އެކައުންސިލުން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި، ޤާނޫނުގައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހައްޔަރުކޮށްފައިވާ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.
އެކައުންސިލުން ވަނީ މިއީ ޤާނޫނު އަސާސީއިން ލިބިދީފައިވާ ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ މަގުޞަދުގައި ކޮށްފައިވާ އަމަލެއް ކަމަށް ބުނެފަ އެވެ.
ހަމައެހެންމެ މިއީ މާލޭ ސިޓީގެ ރައްޔިތުން، އެމީހުންގެ މަންދޫބެއްގެ ގޮތުގައި ހޮއްވަވާފައި ހުންނެވި ކައުންސިލަރުގެ އަޑު ކަނޑުވައިލުމަށްޓަކައި ހިންގި ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށް އެކައުންސިލުން ތުހުމަތުކުރައްވާފައިވެ އެވެ.
އެކައުންސިލުން ވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.
20 އަހަރުވެފައިވާ އުޅަނދުތައް އަގެއް ދިނުމަށްފަހު ދައުލަތަށް!
ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކޮށްފި
ގާނޫނާ ހިލާފަށް ގޯތި ވިއްކުން ހައުސިން މިނިސްޓްރީން ދިފާއުކޮށްފި
