އަމީނީ މަގު ހަދައި ނިންމޭނެ ކަމަށް ކުރިން ތާރީހަށް ނުނިމޭނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެފަދައިން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެމަނިކުފާނާއި ކުރެއްވި ސުވާލަކަށް ރައްދުދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ ދިމާވި ދަތިތަކާއި ގުޅިގެން އަމީނީ މަގު ނިންމޭނެ ކަމަށް މީގެ ކުރިން ބުނި ތާރީހަށް ނުނިންމޭނެ ކަމަށެވެ. އަސްލަމް މިފަދައިން ވިދާޅުވެފައިވާއިރު، ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް، މަސް ނިމޭއިރު ނިމޭނެކަމަށް ކުރިން އޮތީ ބުނެފަ އެވެ.

އެހެންނަމަވެސް މި މަސައްކަތް ދެން ނިމޭނެކަމަށް ބެލެވެނީ އެތައް މަހެއް ފަހުން ކަމުގައި އަސްލަން ވިދާޅުވި އެވެ.

"އެއީ 27 ސެޕްޓެމްބަރު. އެހެންވީމާ އަމީނީ މަގު ނިމިގެން ދާނެ ސެޕްޓެމްބަރު މަހު". އަސްލަމް ވިދާޅުވި އެވެ.

އަމީނީ ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، މިކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން 84 މިލިއަން ރުފިޔާ ހޭދަކުރުމާއި އެކު އެ މަގު ހަދަން ގަސްތައް ކެނޑުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމާއ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ގަސްކެނޑުމުން އެ މައްސަލައިގައި ކޯޓަށް ދާނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ.