މާލޭގެ ބައެއް ސަރަހައްދުތަކުން އެކިވަގުތުތަކުގައި މިއަދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މިއަދު މެންދުރު 2:00 އިން 4:30 އަށް މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެކުންފުނިން ބުނިގޮތުގައި ކަރަންޓު ކަނޑާލަނީީ، ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކަ އެވެ.

ސްޓެލްކޯއިން ބުނީ މަޖީދީ މަގުންނާއި، ފަރީދީ މަގުގެ އިތުރުން އޯކިޑް މަގުން ކަރަންޓު ކެނޑިގެން ދިއުން އެކަށީގެންވާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އެ ކުންފުނިން ފާހަގަކުރެ އެވެ.

މާލޭގައި ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ.