ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް މީގެ ކުރިންވެސް ގިނަ ފަހަރު އައިސްފައިވާ ސިލްސިލާތަކުނާއި ފިލްމުތަކުން ފެނިފައިވާ ބަތަލާ ހީނާ ޚާން އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ދަތުރު ކުރުމަށް ލޯބިކުރާ ބަތަލާ ހިނާ މިވަގުތު ޗުއްޓީ ހޭދަކުރަމުން ދަނީ ދަ ސްޓޭންޑާޓްސް މޯލްޑިވްސް ރިސޯޓްގަ އެވެ.

ހިނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ހާމަކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ފޮޓޯތައްވެސް އިންސްޓަގްރާމްގައި ވަނީ ޕޯސްޓްކޮށްފަ އެވެ. މިފޮޓޯތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ހީނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

"ރާއްޖެ ގޮސް ހީނާ މޮޔަވެއްޖެ،" ކަމަށް އޭނާގެ ސޯޝަލް މީޑިއާއަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވެ އެވެ.

ހިނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިވަގުތު އުޅެނީ އޭނާގެ "ސުވަރުގޭގައި"ގައި ކޮލެޓީ ވަގުތުކޮޅެއް ހޭދަކުރަވޭތޯ އެވެ. އަދި ޗުއްޓީގެ މަންޒަރުތައް އިންސްޓަގްރާމް ސްޓޯރީތަކުގައި ވެސް ބަތަލާ ގެންދަނީ އާންމުކުރަމުންނެވެ.

ހިނާ ގެންދަނީ ހުއްޓުމެއް ނެތި ކެއުމާއި، ގޮނޑު ދޮށުގައި ހުސްފައިގައި ހިނގުމާ، ތަފާތު ޑިޒާޓްތަކާއި ބުއިންތަކުގެ ރަހަބެލުމުގައި އަވަދިނެތި އުޅޭތަން ވެސް ސްޓޯރީއަށް ލަމުންނެވެ. މިއީ އޭނާ މިހާ ބޮޑަށް ސޯޝަލް މީޑިއާގައި އެކްޓްވި ފުރަތަމަ ފަހަރެވެ.

ހީނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

ހީނާ ހާން މަޝްހޫރު ވެގެން ދިޔައީ ސްޓާޕްލަސްއިން ގެނެސްދިން "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ" އިންނެވެ.

މީގެ އިތުރުން ހީނާ ވަނީ "ކަސޯޓީ ޒިންދަގީކީ"ގެ ދެ ވަނަ ސީޒަންގައި ކޮމަލިކާގެ ރޯލު ވެސް ކުޅެފަ އެވެ. މީގެ އިތުރުން އިންޑިއާގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް"ގެ އިތުރުން ކަލާޒްއިން ގެނެސްދޭ އެންމެ މަގުބޫލު ސިލްސިލާ "ނާގިން" އިން ވެސް އޭނާ ވަނީ ފެނިފަ އެވެ.

ހީނާ ހާން ވަނީ މަދު ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. ފުރަތަމަ ފިލްމު "ލައިންސް" އަށް ފަހު އޭނާ ދެން ފެނިގެންދާނީ "ކަންޓްރީ އޮފް ބްލައިންޑް" އިންނެވެ.

2018 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އަހަރަކު ދެ ފަހަރުހެން ހީނާ އާދެ އެވެ. އޭނާ ރާއްޖެ އައިސް ނަގާ ފޮޓޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް އަބަދުވެސް ލިބެ އެވެ.