ބަނޑުގައި ވައި ހެދިގެން ނުވަތަ ގޭސްޓްރިކްވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމަކެވެ. އޭގެ ސަބަބުން ބަނޑު މާބޮޑަށް ފުފިފައި ހުރުމުން އޭގެ އުނދަގޫ އިހުސާސުތައް ކުރުވަ އެވެ. މިގޮތަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި:

  1. ފިޒީ ޑްރިންކްސް ބުއިމާއި މާ ގިނައިން ހަކުރު ނުވަތަ ލޮނު ހުންނަ އެއްޗެހި އަދި ޕްރޮސެސްޑް ފުޑް އާއި ފައިބާ މަދުން ހުންނަ އެއްޗެހި ކެއުން.
  2. ބަނޑުހަރުވުން

  3. އެލާޖިކް ވުން

  4. ހޯމޯނަށް އަންނަ ބަދަލުތައް (ބައެއް އަންހެނުން ޕީރިއަޑްވުމުގެ ކުރިންނާއި ފަހުން ބަނޑު ފުފޭ ގޮތްވޭ)

މިކަންތަކަށް ހައްލު ހޯދޭނީ ސިއްހަތު ރަނގަޅު ލައިފްސްޓައިލެއް ހިޔާރުކޮށް، ގުދުރަތީ ގޮތްތައް ބޭނުން ކޮށްގެންނެވެ

  1. ކެއުމުގައި ފައިބާ އިތުރުކުރުން: ފައިބާގެ ސަބަބުން ބަނޑުހަރުވުމުން ދުރުކޮށްދީ، ބްލޯޓްވެ ބަނޑު ފުފިފައި ހުންނަ ހުރުން ނުހުންނާނެވެ އެވެ.
  2. ގިނަ ގިނައިން ފެން ބުއިން
  3. ޗުއިންގަމް ނުކެއުން: ހަފާ އިރު އަނގައިން ހަށިގަނޑުގެ ތެރެއަަށް ވައި ވަންނާތީ އޭގެ ސަބަބުން ގޭސްޓްރިކްވެ ބަނޑުފުފޭ ގޮތް ވާނެ އެވެ.
  4. ދެ ނާސްތާ ދެމެދު ގިނަ ވަގުތު ނުކުރުން: ކާއިރު ލަސްލަހުން ރަނގަޅަށް ހަފައިގެން ކެއުމަކީ ވެސް މުހިއްމު ކަމެކެވެ.
  5. ހޫނު ފެނުން ފެންވެރުން
  6. ކޮންމެ ދުވަހަކު ވެސް ހޭލައިގެން ހޫނު ފެންތައްޓެއް ބުއިން
  7. ލޮނު ހިމެނޭ ބާވަތްތައް ކެއުން މަދުކުރުން
  8. ގަވައިދުން ކަސްރަތު ކުރުން