އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ހަމަލާދީ، ޒަހަމް ކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން އަމުރު ކޮށްފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 22:02 ހާއިރު އެވެ.
މި މައްސަލައިގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ، ފަރުވާދިނުމަށް ވަނީ މާލެ ފޮނުވާލާފަ އެވެ.
މި މައްސަލައިގައި އެރޭ ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރުމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މޭޔަރު އާޒިމަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި
ބޮޑު ބަދަލާއި އެކު ކުރިމަތިލާން ޖެހޭނީ 2023 ގެ ނާކާމިޔާބީއާ
ރާއްޖޭގައި އާބާދީގެ ނިސްބަތުން ނަފްސާނީ މައްސަލަތައް ގިނަ: ދިރާސާ
