އދ. މަންދޫ ކައުންސިލްގެ މެމްބަރުގެ ހުސްވެފައިވާ ގޮނޑިއަށް އެރަށު އައިޝަތު ޝެހެނާޒް ހޮވިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއީލް ހަބީބު ވިދާޅުވިގޮތުގައި އެ ރަށުގެ ކައުންސިލްގައި ހުސްވެފައިވާ މަގާމަށް ޝެހެނާޒް ހޮވިވަޑައިގަތީ އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވުމުން ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާން ދިފައިވާ މުއްދަތު ހަމަވި އިރު، މަގާމަށް އިންތިހާބު ވާންޖެހޭ އަދަދަށް ކުރިމަތިލާފައިވުމާ ގުޅިގެން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ގާނޫނުގެ މަތިން ޝެހެނާޒް އިންތިހާބުވެ ވަޑައިގަތްފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
ޝެހެނާޒް އެރަށުގެ ކައުންސިލްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އަމިއްލަ ގޮތުންނެވެ.
އެ މަގާމަށް އަންހެން މެމްބަރަކު ކުރިމަތިލުމަށް ހުޅުވާލެވުނީ މިމަހުގެ އެއްވަނަ ދުވަހުގަ އެވެ. އަދި އެމަގާމަށް ހުށަހެޅުމުގެ މުއްދަތު ދީފައިވަނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.
އެމަގާމު ހުސްވީ، މީގެ ކުރިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި އައިޝަތު އިނާޝާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
"އާވާރާޕަން 2"އާއެކު އިމްރާން ވެސް 100 ކްރޯޑް ކްލަބަށް!
"ގްރީން ޓީ"އަކީ ހަޖަމު ކުރުމުގެ މައްސަލަތަކަށް ފަރުވާއެއް ތަ؟
މާހިރުންގެ ލަފާ ނެތި ބިލްތައް ފާސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން
