ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި އައްބާސް އާދިލް ރިޒާއަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އޭނާގެ މައްޗަށް ކޮށްފައިވަނީ "ފަނާ ކޮށްފާނެ ބިރުދެއްކުމުގެ" ދައުވާ އެވެ.
އައްބާސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ޓްވީޓު ކުރި ފަހުންނެވެ.
އަދި ކްލަބްހައުސްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އައްބާސް ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ މައްސަލަ ތަހުގީގުކޮށް ނިމުމާ އެކު ފުލުހުން ވަނީ މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ދޫކޮށްލާފަ އެވެ.
އައްބާސްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
ޖީން ތެރަޕީއިން ކޮލެސްޓްރޯލް މަތިވުމަށް ދާއިމީ ފަރުވާއެއް؟