ލޯބިވެރިޔާގެ ފޯނު ބަލާ މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފް ވެސް ހިމެނޭކަން ހާމަވެއްޖެ އެވެ.

ކެޓްރީނާ ބައިވެރިވި "ނެވާހޭފްއައިއެވާ" ގޭމުގައި އޭނާ އެކަމަށް ވަނީ އަމިއްލައަށް އެއްބަސްވެފަ އެވެ. އެގޮތުން ކެޓްރީނާ އޭނާގެ ފިރިމީހާ ވިކީ ކޯޝަލްގެ ފޯނު ބަލާފައިވާ ކަމަށް އެއްބަސްވި އެވެ.

ކެޓްރީނާ މިފަދައިން ބުނުމުން ގޭމުގެ އެހެނިހެން ބައިވެރިން ވަނީ، ވިކީ ގާތު ފޯނުގެ ޕާސްވޯޑު ބަދަލުކުރުމަށް ބުނެފަ އެވެ. އެހެންނަމަވެސް އެކަން ކުރަން ނުޖެހޭނެކަން ފާހަގަކޮށް ކެޓްރީނާ ބުނީ، އޭނާ ވިކީގެ ފޯނު ބަލާފައިވަނީ "ނުވިސްނޭ" ދުވަސްވަރު ކަމަށެވެ.

މިހާރު ކެޓްރީނާގެ ކައިރީގައި ފޯނު ހުޅުވާފައި ބޭއްވި ނަމަވެސް ފޯނު ނުބަލާނެ ކަމަށް ކެޓްރީނާ ޔަގީންކަން ދިނެވެ.

ކެޓްރީނާއާއި ވިކީ ކައިވެނިކުރީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ބޭއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރު އެވެ.