ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތަށް އުސޫލު އިސްލާހު ކޮށްދިނުމަށް ކޮމިޓީން އެދިފައިވާތީ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ހިންގުމުގެ ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

އޮންލައިންކޮށް ކޮމެޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެވޭ ގޮތަށް އިސްލާހުކުރުމަށް ކޮމެޓީގެ މެމްބަރުން އެދުނު ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އޮންލައިންކޮށް ހިންގަވަން ނިންމަވާފައިވާ ނިންމުމަށް އަމަލުކުރުން އެއީ އޮތް ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައސް ނަޝީދު ވިދާޅުވީ އޮންލައިންކޮށް ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިއުމުން އެލަވަންސް ދިނުމުގެ އުސޫލާ ފުށު އަރާ ކަމަށެވެ.

އެލަވަންސް ދިނުމުގެ އުސޫލާ ފުށު އެބަ އަރާ. ކޮމިޓީއަކަށް ހާޒިރުވެވަޑައިނުގަންނަވާ ހުންނަވާ އެހެން ނަމަވެސް އޮންލައިންކޮށް ކޮންމެވެސް ކޮމްޕިއުޓަރެއް ޖައްސަވާލައްވައިގެން ނުވަތަ ފޯނުން ޖައްސަވާލެއްވީމާ ކޮމެޓީއަށް ހާޒިރުވެވަޑައިގަތީ ކަމަށް އެބަ ބެލެވޭ

ކޮވިޑް19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު ޖަލްސާތައް ކުރިއަށް ގެންދަނީ މެމްބަރުން މަޖިލީހަށް ހާޒިރުވެގެންނެވެ.