މިދިޔަ ޖެނުވަރީ މަހު މާލެ ސަރަހައްދުގައި 195 ކައިވެންޏެއް ކޮށްފައިވާއިރު، 127 މީހުން ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ބުނިގޮތުގައި މިދިޔަ މަހު އެކަނި ވެސް އެ ކޯޓަށް ވަރީގެ ޖުމްލަ 147 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 166 މައްސަލައެއް ނިންމާފައިވާކަން ފާހަގަކޮށް އެކޯޓުން ބުނީ 141 ވަރީގެ މައްސަލަ އަދިވެސް ނުނިމި އޮތް ކަމަށެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި މިދިޔަ މަހު އެކޯޓުން ވަނީ 203 މައްސަލައެއް ނިންމާފަ އެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުގައި މިދިޔަ މަހު އެ ކޯޓުން ވަނީ ކުޑަކުދިންނާއި ގުޅުން ހުރި 10 މައްސަލައަކާއި ހަރަދުގެ ހަ މައްސަލައެއްވެސް ނިންމާފަ އެވެ.
އޭގެ އިތުރުން ގެވެށި އަނިޔާއާ ގުޅުންހުރި މައްސަލަތަކާއި އެހެނިހެން އާއިލީ މައްސަލަތަކުގެ 18 މައްސަލަ ވެސް އެކޯޓުން ނިންމާފައިވާ ކަމަށް ކޯޓުން ހާމަކޮށްފައިވެ އެވެ.
ޝާހްރުކް ޚާން ބޮލީވުޑުން "ބްރޭކް"އެއް ނަގަނީ!
ދުޅަހެޔޮ ސިއްހަތަކަށް ދުވާލަކު 10،000 ފިޔަވަޅު ބޭނުންވޭ!
ހޮލީވުޑް ޑައިރެކްޓަރެއްގެ ދެމަފިރިން މަރާލާފައި އޮއްވާ ފެނިއްޖެ
