މި ހަފްތާގެ ހުކުރު މަލާފަތުގައި މި ގެނެސްދެނީ އަހަރުމެންގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތަކުން ތައްޔާރުކުރާ ބަތެކެވެ. ކޮންމެވެސް ރިހައަކާއެކު އިންސާފު ކޮށްލަން މީރުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 250 ގްރާމް ބަޓާނަޓް (އޮށް ނަގައި ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު ހަނޑުލުގެ ބަތް
  • 2 މޭޒުމަތީ ސައިސަމުސާ ތެޔޮ
  • 1/2 މޭރުމަތީ ސަމުސާ ރީނދޫ
  • 1/2 މޭޒުމަތި ސަމުސާ އިނގުރު (ގާނާފައި)
  • 1 ފިޔާ (ކޮށާފައި)
  • ލޮނު

ތައްޔާރު ކުރާނެ ގޮތް

  1. ކޮށާފައި ހުރި ބަޓާނަޓްގެ ތެރެއަށް އެއް މޭޒުމަތީ ސައިސަމުސާ ތެޔޮ، އިނގުރު، ރީނދޫ އެއްކޮށްފައި ޓްރޭއެއްގައި އެތުރުމަށްފަހު ފިހެލާށެވެ
  2. ފިޔާ މީރުކޮށްފައި ފިޔާކޮޅު ރަތްވުމުން ބަތާއި ބަޓާނެޓް އަޅާލާށެވެ.
  3. ރަނގަޅަށް އެއްކޮށްލާފައި ލޮނު ހެޔޮވަރު ކުރާށެވެ.
  4. ތެލީގެ މަތި ޖަހާފައި މަޑު ގިނީގައި ދެ މިނިޓް ވަންދެން ބެހެއްޓުމަށްފަހު އުނދުން މަތިން ބާލާށެވެ..