ނ. ވެލިދޫ ހޮސްޕިޓަލު އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން ލަސްވަނީ އެ މަޝްރޫޢު އަށްަ ފަންޑުކުރާ ކުވައިތު ފަންޑުން ހުއްދަ ނުލިބިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މިހާރު ވަނީ އެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދުމަށް އިއުލާންކޮށް ބަޔަކު ލިބިފައިވާ ކަމަށެވެ. އަދި ކުވައިތު ފަންޑަށް 'ނޯ އޮބްޖެކްޝަނަށް' އެދި ފޮނުވާފައިވާ ކަމަށާއި އެ މަޝްރޫއާ ބެހޭގޮތުން އިތުރަށް ކުވައިތު ފަންޑާ މަޝްވަރާކުރަމުން ދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދޅާުވީ މަޝްރޫއުގެ ތަފުސީލް ކުވައިތު ފަންޑާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ސަރުކާރުން ހާމަކުރާނެ ކަމަށް މިއުވާން ވިދާޅުވި އެވެ. މިއުވާން ވިދާޅުވީ ބޭރު ގައުމަކުން ފަންޑު ކޮށްގެން ހިންގާ މަޝްރޫއެއްގައި އެ ފަންޑު ދޭ ފަރަތަކާއި އެކު މަޝްވަރާކޮށް މައުލޫމާތު ހިއްސާ ކުރަނެ ކަމަށެވެ.

ނ ވެލިދޫ ހޮސްޕިޓަލްގެ މަޝްރޫ ބަޔަކާ ހަވާލުކޮށް އެކަން އިއުލާން ކުރީ މިދިޔަ މަހު އެވެ. އެހެން ނަމަވެސް ޓެންޑާ ބޯޑުން އެ މަސައްކަތް ހަވާލުކުރީ ކޮންބަޔަކާ ކަމެއް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.