މާލެސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަ ކުރަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން އާންމުރި ބަޔާނެއްގައި ބުނީ އެ ކައުންސިލްގެ މުނިސިޕަލް ސާވިސަސް ކޮމިޓީ އިން ވަނީ ކައުންސިލުން ދޭ ބައެއް ހިދުމަތްތަކުގެ ފީ ކުޑަކުރަން ނިންމާފައި ކަމަށެވެ. އެގޮތުން އެ ކޮމިޓީން ފާސްކޮށްފައިވަނީ މާލެ އާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާ އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާ އަދި ފަޅުހުއްދަ ފީނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމަށް ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.
މި އަގުތަކަށް އައި ބަދަކާއި އެކަންކަމާއި ގުޅޭ އަގު ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާކަމަށް ކައުންސިލުން ބުނެ އެވެ.
ފީތަކަށް ގެނެވުނު ބަދަލާއެކު އަގު ލިސްޓަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާނެ ކަމަށް އެކައުންސިލުން ބުނެފައިވެ އެވެ.
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ
ބާ ފޮތްތަކުން ދުވާ "މީރު" ވަހުގެ ސިއްރަކީ ކޮބާ؟
ކޮލެސްޓްރޯލް ދަށްކޮށްގެން ހާޓްއެޓޭކްގެ ނުރައްކާ ކުޑަ ކުރެވޭނެތަ؟
