ބަންގީގެ އަޑަށް އިހުތިރާމު ކުރުމާއި ގުޅިގެން ކަލާޒް ޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަނުން މަޝްހޫރުކަން ހޯދި ޝެހެނާޒް ގިލްއަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެ އެވެ.

ދާދި ފަހުން ބޭއްވި އެވޯޑު ދިނުމުގެ ހަފްލާއެއްގައި ޝެހެނާޒް ބައިވެރިވެފައިވާއިރު، އޭނާ ވަނީ އެ ހަފްލާގައި ސްޓޭޖް މަތީގައި ލަވައެއް ހުށަހަޅައިދީފަ އެވެ. އަދި އެވަގުތު ބަންގީގެ އަޑު އިވުމުން އޭނާ ވަނީ ލަވަ ކިޔުން މެދުކަނޑާލާފަ އެވެ.

ޕަންޖާބުގެ ސީކިސަމްގެ ދީނަށް ނިސްބަތްވާ ޝެހެނާޒް، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާކަން ހާމަކުރުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ސޯޝަލްމީޑިއާ މެދުވެރިކޮށްވެސް ތައުރީފު ކޮށްފަ އެވެ. އަދި ޝެހެނާޒުގެ ފަރާތުން ފެނުނު މިފަދަ ކުޑަ ކަމެއްގެ ސަބަބުން އޭނާއަށް ކުރާ ގަދަރު އިތުރަށް އުފުލިގެން ގޮސްފައިވާކަމަށް އާންމުން ބުނެފައިވެ އެވެ.

ބިގް ބޮސްއިން މަޝްހޫރުކަން ހޯދި ޝެހެނާޒް، ގިނަ ބަޔަކަށް ކަމުގޮސްފައި ވަނީ އޭނާގެ މަޖާ މިޒާޖުގެ ސަބަބުންނެވެ. އޭނާ ވަނީ ޕަންޖާބްގެ ފިލްމު އިންޑަސްޓްރީގައި މީގެ ކުރިން މަސައްކަތްކޮށް، ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.

ހަމައެހެންމެ ޝެހެނާޒްގެ ކުރީގެ ލޯބިވެރިޔާ ސިދްހާރްތް ޝުކްލާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާއާ އެހެނިހެން ގޮތްގޮތުން ވެސް ޝެހެނާޒަށް ހިތްވަރުދީ ކުރިއެރުމަށް އެއްބާރުލުން ދީފަ އެވެ.